މިދިޔަ އަހަރު ޤައުމީ އިނާމު ދިނުމަށް ބޭއްވި ޖަލްސާގެ ތެރެއިން
މިދިޔަ އަހަރު ޤައުމީ އިނާމު ދިނުމަށް ބޭއްވި ޖަލްސާގެ ތެރެއިން
ކޯވިޑާ ގުޅިގެން މިއަހަރުގެ ޤައުމީ އިނާމު ދިނުންވެސް ސަރުކާރުން ފަސްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ދެއްވަމުން ގެންދަވާ ޤައުމީ އިނާމު، މިއަހަރު ދެއްވުން ފަސްކުރައްވާފައިވަނީ، ކޯވިޑް-19 އިގެ ހާލަތާ ގުޅިގެން ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ، މިއަހަރު ނުބާއްވަވާ ގޮތަށް ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެންކަމަށެވެ. ނަމަވެސް ކޯވިޑު-19ގެ ހާލަތު، ޢާންމު ހާލަތަކަށް ބަދަލުވުމުން، ޤައުމީ އިނާމު ދެއްވުމަށް ޚާއްޞަ ޖަލްސާއެއް ބާއްވަވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އަދި މި ޖަލްސާ ބާއްވަވާނެ ތާރީޚު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފަހުން އިޢުލާން ކުރައްވާނެކަމަށްވެސް އެއޮފީހުން ވިދާޅުވެއެވެ.

މިއަހަރުގެ ޤައުމީ ދުވަހު ބާއްވަވާ ޚާއްޞަ ޖަލްސާ ނުބޭއްވުމަށް ސަރުކާރުން ނިންމާފައިވުމުން މާލޭގައި އެއްވެސް ހަރަކާތެއް ދުވަހާއި ގުޅިގެން ކުރިއަށް ނުދާނެކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުންވެސް ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް ކޮންމެ އަހަރަކު އުތީމުގައި ބާއްވާ ޖަލްސާ މިއަހަރުވެސް ރަށު ފެންވަރުގައި ބާއްވާނެކަމަށާއި، ނަމަވެސް މާލެއިން އެއްވެސް ވަފުދެއް އެރަށަށް މިއަހަރު ނުދާނެކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

ޤައުމީ ދުވަހަކީ ރަބީއުލް އައްވަލް މަހުގެ ފުރަތަމަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން