ރައީސް ސޯލިހު
ރައީސް ސޯލިހު
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް އަމާޒުކޮށްގެން އެމްޑީޕީން ކުރިއަށްގެންދާ "ހޭވައްލާ ތައްޔާރު" ކެންޕޭން ނިންމުމުގެ ގޮތުން ބާއްވާ ޚާއްޞަ ހިނގާލުމުގައި ބައިވެރިވުމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވައިފިއެވެ.

ރައީސް ޞޯލިޙް މި ދަޢުވަތު ދެއްވީ އެމްޑީޕީގެ ކެންޕޭން ހަރަކާތްތަކާ ގުޅޭގޮތުން ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

ރައީސް ޞޯލިހް ވިދާޅުވީ، އަންނަ އޭޕްރިލް މަހުގެ 3 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި އާޓިފިޝަލް ބީޗް ސަރަޙައްދުން ފަށާ މި ހިނގާލުމަކީ ކެންޕޭންގެ ހަރަކާތްތަކުގެ ތެރެއިން ނުހަނު ބޮޑު އިސްކަމެއް ދެވޭ ހަރަކާތެއް ކަމަށެވެ. އެހެންކަމުން، މި ވަގުތު މާލޭގައި ތިއްބެވި އެމްޑީޕީގެ އެންމެހާ ސަޕޯޓަރުންނާއި، ކެންޑިޑޭޓުންނަށް ތާއީދުކުރައްވާ ހުރިހާ ބޭފުޅުން މި ހިނގާލުމުގައި ބައިވެރިވުމަށް ރައީސް ޞާލިޙް އެދިވަޑައިގެންނެވިއެވެ.

މި ހިނގާލުމަކީ އިންތިޚާބުގެ ފޯރި އިތުރުކުރުމަށާއި، ޕާޓީގެ ސަފުތަކުގެ ބަދަހިކަން ދައްކާލުމަށް ބާއްވާ ހަރަކާތެކެވެ. ރައީސް ޞޯލިޙް ވިދާޅުވީ ވީހާވެސް ގިނަ ބޭފުޅުން މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަކީ އިންތިޚާބު ކާމިޔާބުކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު