މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ދިވެހިރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ވޯޓުލައްވައިފިއެވެ.
ނައިބު ރައީސް ވޯޓުލެއްވުމަށް ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެމަނިކުފާނު ވޯޓުލެއްވީ މާލޭގެ ހެންވޭރު ދަނޑުގައި ޤާއިމުކޮށްފައިވާ ޓެންޓުގައި ހުރި ވޯޓު ފޮއްޓަށެވެ.
މިފަހަރުގެ އިންތިޚާބަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތެއް ނިންމުމަށް ނަގާ ރެފަރަންޑަމް ވޯޓުވެސް ހިމެނޭ ވަރަށް މުހިންމު އިންތިޚާބެކެވެ.
މި އިންތިޚާބުގައި ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރަންޖެހޭ ގޮނޑިތަކަށް 1،368 ކެންޑިޑޭޓުން ވާދަކުރައްވާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް 1،593 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މި އިންތިޚާބުގައި ޖުމްލަ 294،876 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.
މިއަދު ހެނދުނު 8:00 ގައި ވޯޓުލުން ފަށާފައިވާއިރު، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު ދަނީ ކުރިއަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ވޯޓުލުން މިއަދު ހަވީރު 16:00 އާ ހަމައަށް ކުރިއަށްދާނެއެވެ.
އެކި ދާއިރާތަކުން ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރަށްވާ މި އިންތިޚާބުގެ އިންތިޒާމުތައް ފުރިހަމަކޮށް، އަމާންކަމާއެކު ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު