އަލީ އަޝްފާގު (ދަގަނޑޭ)
އަލީ އަޝްފާގު (ދަގަނޑޭ)
މެޗު ނިސްބަތުން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ދެވަނަ ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ހޯދައިފިއެވެ.

ރާއްޖޭގެ ޤައުމީ ކެޕްޓަން ދަގަނޑޭ ދެވަނައިގައި އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި، ލިއޮނަލް މެސީ އަށްވުރެ ކުރި ހޯދައިގެންނެވެ. މި ލިސްޓުގައި ޕޯޗުގަލުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ހަތަރުވަނަ ލިބޭއިރު، އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އޮތީ 10 ވަނައިގައެވެ.

ސާފް ޗެމްޕިއަންޝިޕުގައި މިހާތަނަށް 20 ލަނޑު ޖަހައިގެން އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ދަގަނޑޭ ވަނީ ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު މިހާތަނަށް ހަ ފަހަރު ހޯދާފައެވެ. ދަގަނޑޭ މިހާތަނަށް ގައުމީ ޓީމަށް 53 ލަނޑު ޖަހާފައިވާއިރު، އޭނާ ގައުމީ ޓީމަށް ކުޅެން ފެށީ 2004 ވަނަ އަހަރެވެ.

މެޗު ނިސްބަތުން ދުނިޔޭގެ ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތީ ޔޫއޭއީގެ އަލީ މަޚްތޫބެވެ. އޭނާ ވަނީ 83 މެޗުގައި 63 ލަނޑު ޖަހާފައެވެ. ދެވަނައިގައި އޮތް ދަގަނޑޭ ވަނީ 80 މެޗުން 53 ލަނޑު ޖަހާފައެވެ. އަދި ތިންވަނައިގައި އޮތީ 115 މެޗުން 72 ލަނޑު ޖަހާފައިވާ އިންޑިއާގެ ސުނިލް ޗެތުރީއެވެ.

ބައިނަލްއަގުވާމީ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގައި ދަަގަނޑޭ އޮތީ 10 ވަނައިގައެވެ. އެ ލިސްޓުގެ އެއްވަނައިގައި އޮތީ 101 ލަނޑު ޖަހައިގެން ރޮނާލްޑޯއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން