ޔޫއެފާ ނޭޝަންސް ލީގުގައި ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ބެލްޖިއަމް ބަލިކޮށް ގުރޫޕްގެ އެއްވަނައަށް އިންގްލެންޑް ޖެހިލައިފިއެވެ.
އިންގްލެންޑްގެ ވެމްބްލީގައި ކުޅުނު މި މެޗް އިންގްލެންޑުން ކާމިޔާބުކުރީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ބެލްޖިއަމުންނެވެ. ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކު އެވެ.
އިންގްލޭންޑުން ނަތީޖާ ހަމަހަމަކުރީ މެޗުގެ 39 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު ޖެހީ ފޯވަޑް މާކަސް ރަޝްފޯޑެވެ. މެޗުން އިންގްލޭންޑް މޮޅުކޮށްދިން ލަނޑު 65 ވަނަ މިނެޓުގައި ކާމިޔާބުކުރީ މޭސަން މައުންޓެވެ.
މި މޮޅާއެކު އިންގްލޭންޑް ވަނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހަމަކޮށް ގްރޫޕުގެ އެއްވަނައަށް ޖެހިލާފައެވެ. ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން ދެވަނައިގައި އޮތީ ބެލްޖިއަމެވެ. ދެ މެޗުން ހޯދި އެއް ޕޮއިންޓާއެކު ތިންވަނައިގައި ޑެންމާކް އޮތްއިރު ފުލުގައި އޮތް އައިސްލޭންޑަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
ރޭގެ އެހެން މެޗްތަކުގެ ނަތީޖާއަށް ބަލާލާއިރު ބޮޑެތި ޓީމްތައް ކުޅުނު މެޗްތައް ނިމިފައި ވަނީ އެއްވަރު ވެގެންނެވެ. އެގޮތުން ބޮސްނިއާ އާއި ދެކޮޅަށް ނެދަލޭންޑްސް ކުޅުނު މެޗާއި، އިޓަލީ އާއި ޕޮލެންޑް ބައްދަލުކުރި މެޗްގެ އިތުރުން ފްރާންސާއި ޕޯޗުގަލް ގެ ކުރިމަތިލުންވެސް ނިމިފައިވަނީ 0-0 ގެ ނަތީޖާ އަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު