އެމްޑީޕީގެ އާންމު މެންބަރުންނާއި މުޅި ރާއްޖޭގެ ޑިމޮކްރަސީއަށް ލޯބިކުރާ އެންމެހައި ރައްޔިތުން އެދެނީ އެމްޑީޕީގެ ދެ ރައީސުން އެކުގައި ފެނިގެން ދިއުމަށް ކަމަށް ވިދާޅުވެ، އެ ފުރުސަތު ފަހިކޮށްދެއްވުމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ އެމްޑީޕީގެ ލީޑަރޝިޕަށް ގޮވާލަށްވައިފިއެވެ.
މާރިޔާ މިކަމަށް ގޮވާލެއްވީ މީސްމީޑިއާގައި މިރޭ ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އެގޮތުން މާރިޔާ ވިދާޅުވީ އެމްޑީޕީގެ އާންމު މެންބަރުން ބޭނުންވީ އެމްޑީޕީގެ ދެ ރައީސުން (ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހީމް މުހައްމަދު ޞާލިހު) މިރޭގެ ސްޓޭޖުގައި ވާހަކަފުޅު ދައްކަވައި، ޕާޓީގެ ކާމިޔާބީގައި ދެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ މަންޒަރު ދުށުމަށް ކަމަށެވެ. އަދި ހާއްސަކޮށް ޒުވާން ކުދިން ބޭނުންވަނީ ދެ ރައީސުންނާއެކު ސެލްފީ ނަގައި، އެ އުފާވެރިކަމުގައި ބައިވެރިވުމަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު މުޅި ރާއްޖޭގެ ޑިމޮކްރަސީއަށް ލޯބިކުރާ އެންމެހައި ރައްޔިތުން އެދެނީ އެމްޑީޕީ އެކުގައި ވަރުގަދަކޮށް ފެނުމަށް ކަމަށް މާރިޔާ ވިދާޅުވިއެވެ. އެހެންކަމުން، ދެ ރައީސުންނާއެކު އަލުން މި ކާމިޔާބީ ގައުމީ ފެންވަރެއްގައި ފާހަގަކުރުމަކީ މެންބަރުންގެ ވަރަށް ބޮޑު އެދުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މިކަން ފަހިކޮށްދެއްވުމަށް މާރިޔާ ވަނީ އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރުގެ އަރިހުން، ވަރަށް އަދަބުވެރިކަމާއެކު އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ ޕާޓީގެ އެއްބައިވަންތަކަމަކީ މިވަގުތު މެންބަރުން އެންމެ ބޭނުންވާނެ ކަންތައް ކަމަށެވެ.
މާރިޔާ މިފަދައިން ގޮވާލައްވާފައި މިވަނީ، ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުލިބި އެމްޑީޕީގެ އެތެރޭގެ މަސްރަހު ހޫނުވުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު