ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާ އާއި ގުޅުވައިގެން ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލޭފަދަ ވާހަކަތައް ނުފެތުރުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ގޮވާލައްވައިފިއެވެ.
މިރޭގެ ޖަލްސާގެ އެޖެންޑާ އާ ގުޅޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަ ފެތުރެމުން ދަނިކޮށް ޣަފޫރު ވިދާޅުވީ، އެޖެންޑާ އޮތްގޮތުން މިރޭ ވާހަކަ ދެއްކެވުމަށް ހަމަޖެހިފައި އޮތީ، ޕާޓީގެ ރައީސް އާއި ޗެއަރޕާސަންގެ އިތުރުން ސިޓީތަކުގެ މޭޔަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން ކަމަށެވެ.
މީގެ އިތުރުން ކެމްޕެއިން ކޮމިޓީގެ މެނޭޖަރާއި ރިފަރަންޑަމް ކޮމިޓީގެ ޗެއަރަށްވެސް ފުރުސަތު ހަމަޖެހިފައި އޮތް ކަމަށް ޣަފޫރު ވިދާޅުވިއެވެ. ނަމަވެސް އެ ދެބޭފުޅުންވެސް މިރޭ ވާހަކަ ދައްކަވާފައެއް ނުވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖަލްސާ ފެށުމުގެ ކުރިން ޕާޓީގެ އެތެރޭގެ މަސްރަހު ހޫނުވެގެންދިޔައީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވާހަކަ ދެއްކެވުމަށް އެޖެންޑާގައި ހިމެނުމަށްފަހު ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅެއްގެ އެންގެވުމަށް މިރޭ އެ ދެއައިޓަމް އެޖެންޑާއިން ނެގުމުންނެވެ.
އެކަމާ ގުޅިގެން ޣަފޫރު ވިދާޅުވީ އެ ދެ ބޭފުޅުންނަށް ފުރުސަތު ހަމަޖައްސައިދިނުމަށް އޭނާ މަސައްކަތް ކުރަށްވަމުން ގެންދަވަނިކޮށް، ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް ވާހަކަތައް ފެތުރުމަކީ ހިތާމަކުރަށްވާ ކަމެއް ކަމަށެވެ.
ޣަފޫރު މިހެން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދަށް ވާހަކަ ދައްކަން ފުރުސަތު ނުދިން މައްސަލައިގައި ޕާޓީގެ އާންމު މެންބަރުންނާއި އިސް ސަފުގެ ބޭފުޅުންގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އަދި ޕާޓީގެ ވަގުތީ ޗެއަރޕާސަން ޣަފޫރުގެ އިސްތިއުފާއަށް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު