މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސޮއި ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ފަށައިފިއެވެ.

"ރަސް" އަށް އެނގިފައިވާ ގޮތުގައި މި ހަރަކާތް އިސްވެ ހިންގަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އިސްކޮށް ތިއްބަވާ ފެކްޝަނުން ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލައާ ގުޅިގެން ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ 51 ސޮއި މިހާރު ހަމަވެފައިވާ ކަމަށް އެނގިފައިވެއެވެ. އަދި ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރަސްމީކޮށް ވެއްދުމަށް ބޭނުންވާ މިންވަރަށް ވުރެ ގިނައިން ވެސް މިހާރު ސޮއި ލިބިފައިވާ ކަމަށް ޕާޓީގެ އެތެރޭގެ މަސްދަރުތަކުން ބުނެއެވެ.

ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެންމަތިވެފައި މިވަނީ، ދާދިފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި، ރައީސް ނަޝީދަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދިނުމަށް ޣަފޫރު ނިންމެވި ކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ. މި ނިންމުމުގެ ސަބަބުން ޕާޓީގެ ތެރޭގައި އޮތް ހިޔާލުތަފާތުވުންތައް ބޮޑުވެ، ޗެއާޕާސަނަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް އިދިކޮޅު ފެކްޝަނުން ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު