މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްގަފޫރު މޫސާ އެ މަގާމުން ވަކިކުރުމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ބާއްވާ ގައުމީ މަޖިލީހުގެ ޚާއްސަ ބައްދަލުވުމެއް އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ޣަފޫރު ވަކިކުރުމަށް އެދި ހުށަހެޅި މި މައްސަލާގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖުމްލަ 123 މެންބަރުންގެ ތެރެއިން 55 މެންބަރުން ވަނީ ސޮއިކުރަށްވާފައެވެ.
އެމްޑީޕީގެ ސެކްރެޓޭރިއަޓުން މިރޭ ގައުމީ މަޖިލީހުގެ މެންބަރުންނަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ވަގުތީ ޗެއާޕާސަން ވަކިކުރުމަށް ހުށަހެޅިފައިވާ މައްސަލައާ މެދު ގޮތެއް ނިންމުމަށް ބާއްވާ ބައްދަލުވުން އަންނަ ހޯމަ ދުވަހު އޮންނާނެ ކަމަށެވެ. ނަމަވެސް، މި ބައްދަލުވުން އޮންނާނެ ސީދާ ގަޑިއާއި ތަން ފަހުން އިއުލާނުކުރާނެ ކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.
މި މައްސަލައިގައި ގައުމީ މަޖިލީހުގެ މެންބަރުންނަށް މެސެޖު ފޮނުވުމުގެ ކުރިން، މިއަދު ހަވީރު އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ވެސް ވަނީ ބާއްވާފައެވެ. އެ ބައްދަލުވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމަކަށް ދައުވަތު ފޮނުވި ނަމަވެސް، ފަހުން ވަނީ އެ ބައްދަލުވުން ކެންސަލްކޮށްފައެވެ.
ޣަފޫރު މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، އޭނާއާ ޗެއާޕާސަންގެ މަގާމު ހަވާލުކުރީ ސަރުކާރުން ހިންގަމުންދާ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށް ޕާޓީން ކުރަންޖެހޭ މަސައްކަތްތައް އިންތިޒާމު ކުރުމަށް ކަމަށެވެ. ނަމަވެސް، ޕާޓީގެ މަސްލަހަތު ހިފަހައްޓައި، އާންމު މެންބަރުންގެ އިހްސާސްތައް ދެނެގަނެގެން މަސްއޫލިއްޔަތު އަދާކުރުމުގައި އޭނާ ނުކުޅެދިފައިވާ ކަމަށް ޕެޓިޝަންގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލަ ފެންމަތިވެފައި މިވަނީ، ދާދިފަހުން ބޭއްވި ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދެއްވުމާ ގުޅިގެން ގިނަ މެންބަރުންތަކެއްގެ ނުރުހުން އެމްޑީޕީގެ ލީޑަރޝިޕަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު