މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ "ރަސްފަންނު" އާޓިފިޝަލް ބީޗް މަރާމާތުކުރުމުގެ މަސައްކަތަށް މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އިން ކުރި އިއުލާނެއްގައި ބުނީ، ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާ މުއްދަތުގައި، އެ މަސައްކަތް ކުރިއަށްދާ ސަރަހައްދުތައް އާންމުންނަށް ބޭނުން ނުކުރެވޭ ގޮތަށް ބަންދުވާނެ ކަމަށެވެ.
ރަސްފަންނު ސަރަހައްދު ވަރަށް ބޮޑަށް ގިރައިގެން ދިއުމާއި، އެ ތަނުގައި އާންމުން އިށީނުމަށް ބަހައްޓާފައި ހުރި ހަޓުތަކާއި އެހެނިހެން ވަސީލަތްތައް ހަލާކުވެފައި ހުރުމުގެ ސަބަބުން، އެ ސަރަހައްދު އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުން ނުކުރެވޭތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ.
މި ތަން މަރާމާތު ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ފެށި ނަމަވެސް، ފަހުން އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވަނީ އެ މަސައްކަތާ ހަވާލުވެފައެވެ. އެހެންނަމަވެސް، އެކި ސަބަބުތަކާހުރެ އެ މަސައްކަތް މީގެ ކުރިން އޮތީ ނިމޭގޮތް ނުވެފައެވެ. މި ސަރުކާރުން މިހާރު ވަނީ އެ ތަން އަލުން ތަރައްގީކޮށް، އާންމުންނަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އަމަލީ މަސައްކަތް ފަށާފައެވެ.
ރަސްފަންނަކީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި، މާލޭގެ ހުޅަނގު ފަރާތު ފަޅު ހިއްކައިގެން ތަރައްގީކުރި ސަރަހައްދެކެވެ. 2016 ވަނަ އަހަރު ހުޅުވި މި ސަރަހައްދަކީ މާލޭގައި ދިރިއުޅޭ ރައްޔިތުން މޫދަށް އެރުމަށާއި، ހަވީރު ފިނިކޮށްލުމަށް އެންމެ ގިނައިން ޒިޔާރަތްކުރާ އެއް ސަރަހައްދެވެ.

ކިޔުންތެރިންގެ ހިޔާލު