އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ މެޗުގައި، ފުރަތަމަ ޑިވިޝަންގެ ގަދަބާރު ކްލަބް އީގަލްސް ޕެނަލްޓީ ޖަހައިގެން 6-5 އިން ބަލިކޮށް، ތިން ވަނަ ޑިވިޝަންގެ ބްލޫ ސްޕޯޓްސް ކްލަބުން މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައި ތާރީހީ ކާމިޔާބީއެއް ހާސިލް ކޮށްފިއެވެ.
މިއީ ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައިވެސް ތިންވަނަ ޑިވިޝަނަށް ނިސްބަތްވާ ޓީމަކުން އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މިފަހަރުގެ މުބާރާތުގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން ފުރަތަމަ ޑިވިޝަނަށް ނިސްބަތްނުވާ ހަމައެކަނި ޓީމަކީ ވެސް ބްލޫ ސްޕޯޓްސް ކްލަބެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފައެވެ. މެޗުގެ 11 ވަނަ މިނެޓުގައި ބްލޫ އަށް ކުރިހޯދައިދިނީ އަހުމަދު ފާލިހު ލޮމްތަރެވެ. ނަމަވެސް، ދެވަނަ ހާފުގައި އީގަލްސް އިން ވަނީ ކުޅުން ރަނގަޅުކޮށް ދެ ލަނޑު ޖަހައި ނަތީޖާ އަނބުރާލާފައެވެ. އީގަލްސްގެ ފުރަތަމަ ލަނޑު 60 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އިސްމާއިލް އީސާ (މެސީ) ކާމިޔާބުކުރިއިރު، 76 ވަނަ މިނެޓުގައި ޒައިން ޒަފަރު ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. ބްލޫ އިން މެޗުގެ ނަތީޖާ އެއްވަރުކުރީ 86 ވަނަ މިނެޓުގައި އަބްދުﷲ އިޔާދު މުހައްމަދު ޖެހި ގޯލުންނެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި، އީގަލްސްގެ ތިން ވަނަ ޕެނަލްޓީ ބްލޫގެ ކީޕަރު އަޝްފާގު އައްޔޫބް ވަނީ ދިފާއުކޮށްފައެވެ. ބްލޫ އިން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ވަނީ ކާމިޔާބު ކޮށްފައެވެ.
މި ކާމިޔާބީއާއެކު ބްލޫ ސްޕޯޓްސް ކްލަބް ސެމީ ފައިނަލުގައި ބައްދަލުކުރާނީ މިރޭ އޮޑި ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ކިޔުންތެރިންގެ ހިޔާލު