ދިވެހިރާއްޖޭގެ މައި އިދިކޮޅު ޕާޓީ، އެމްޑީޕީއަކީ އެތެރޭގެ ޑިމޮކްރެސީ ވަރުގަދަ އަދި ސިޔާސީ ގޮތުން 'މެޗުއަރ' ވެރިންތަކެއް ތިބި ޕާޓީއެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދާޅުވީ، ނިމިދިޔަ ކައުންސިލް އިންތިޚާބަށްފަހު އެމްޑީޕީގެ އެތެރޭގެ އެކި ފެކްޝަންތަކުގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކާއި ކޯޅުންތަކަށް ނިމުމެއް ގެނެސް، ޕާޓީގެ އިސް ލީޑަރުން ސުލްހަވެވަޑައިގަތުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މާރިޔާ ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ނަމޫނާ ދައްކަމުންދާ ޕާޓީއެއް ކަމަށެވެ. އަދި އެއީ އެތެރޭގެ ޑިމޮކްރެސީގެ ރޫޙު ވަރުގަދަ، މެޗުއަރ ސިޔާސީ ވެރިންތަކެއް ތިބި ގްރާސްރޫޓު ޕާޓީއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މާރިޔާގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް އާންމު މެންބަރުންގެ އިހުސާސްތަކަށް އިސްކަންދީ، މެންބަރުންގެ އަޑުއަހާ ޕާޓީއެއް ކަމަށެވެ. އަދި ޕާޓީގެ އެތެރޭގައި އުފެދޭ އެކި މައްސަލަތަކުގައި ވެރިން އެކަކު އަނެކަކާ ވާހަކަދައްކަވައިގެން، މަޝްވަރާގެ އުސޫލުން ހައްލު ހޯއްދަވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ޕާޓީގެ އެތެރޭގެ އެއްބައިވަންތަކަމަށް ބާރުއަޅުއްވަމުން މާރިޔާ ވިދާޅުވީ، އެމްޑީޕީއަކީ "ބިއްލޫރި މޭޒު ތަޅާލަން ޖާގަ ނުދޭނެ" ޕާޓީއެއް ކަމަށެވެ.
"އިންޝާ ﷲ، މި ޕާޓީ އަބަދުވެސް ދާނީ ކުރިއަށް. ބާރަށް ކުރިއަށް،" މާރިޔާގެ ޕޯސްޓު ނިންމާލަމުން ވިދާޅުވެފައިވެއެވެ.
ކައުންސިލް އިންތިޚާބަށްފަހު އެމްޑީޕީގެ ލީޑަޝިޕްގެ މެދުގައި އުފެދުނު ނުތަނަވަސްކަން ހައްލުވެ، ޕާޓީ އަލުން އެއްގަލަކަށް އެރުމަކީ ކުރިއަށް އޮތް ސިޔާސީ މަސައްކަތްތަކަށް ލިބުނު ބޮޑު ހިތްވަރެއްގެ ގޮތުގައި އެ ޕާޓީގެ އާންމު މެންބަރުންވެސް އަންނަނީ ފާހަގަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު