އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ މެޗުން ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 3-1 އިން މޮޅުވެ، ޓީސީ ސްޕޯޓްސް ކްލަބުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މިއަދުގެ މެޗު ޓީސީން ކާމިޔާބުކުރީ ފަހަތުން އަރައި ފަހު ވަގުތު ޖެހި ލަނޑުތަކުންނެވެ. މި މޮޅާއެކު ސެމީ ފައިނަލުގައި ޓީސީން ބައްދަލުކުރަން ޖެހޭނީ މިރޭ ކުޅޭ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. އެ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭގައެވެ.
ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މި މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އައު ކޯޗު މުހައްމަދު ސިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން ވިކްޓަރީން ކުޅުނު ފުރަތަމަ މެޗުގެ ފުރަތަމަ ހާފު އެ ޓީމުން ނިންމާލީ 1-0 އިން ކުރީގައި އޮވެގެންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މި ލަނޑު ވިކްޓަރީއަށް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން (ރިޒޭ) އެވެ.
ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނިޓުގައި ޓީސީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑަކީ ވިކްޓަރީގެ އަލީ ޝާމިސް (ތޮއްޕޭ) އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
ޓީސީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު ފަސް މިނިޓުގެ ތެރޭގައެވެ. އެގޮތުން 88 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އައިހަމް ހަމްދޫން ވަނީ ލަނޑެއް ޖަހައި ޓީސީއަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މުހައްމަދު ދާނިޝް އިބްރާހިމް ވަނީ ޓީސީގެ ތިންވަނަ ލަނޑު ޖަހައިދީ ސެމީގެ ޖާގަ ކަށަވަރުކޮށްދީފައެވެ.
ޓީސީ ވަނީ 2017 ވަނަ އަހަރުގެ އެފްއޭ ކަޕް ފައިނަލުގައި ކުޅެފައެވެ.

ކިޔުންތެރިންގެ ހިޔާލު