އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގައި، އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޕެނަލްޓީ ޖަހައިގެން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކޮށްފިއެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު ވަނީ 2-2 އިން އެއްވަރުވެފައެވެ. ނަތީޖާ ނެރެން ޖެހުނު ޕެނަލްޓީ ޝޫޓްއައުޓްގައި ބުރުން ކުރިހޯދީ 6-5 ގެ ނަތީޖާއަކުންނެވެ.
މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގާއި އެފްއޭއެމް ލީގު ކަޕް ކާމިޔާބުކޮށްފައިވާ މާޒިޔާ އިން މެޗުގެ ލީޑު ނެގީ ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ކާމިޔާބުކޮށްދިން ޕެނަލްޓީއަކުންނެވެ. އޭގެ ފަހުން 62 ވަނަ މިނިޓުގައި މުހައްމަދު އިލާން އިމްރާން ވަނީ ގޯލެއް ޖަހައި މާޒިޔާގެ ލީޑު ފުޅާކޮށްދީފައެވެ.
ނަމަވެސް، ބުރުން ވަނީ ފަހުހާފްގައި ދެ މިނިޓް ތެރޭ ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ބުރުގެ ފުރަތަމަ ލަނޑު 69 ވަނަ މިނިޓުގައި ތޯއިފް ގާސިމް (ތޮއްޕެ) ޖެހިއިރު، އޭގެ މިނިޓެއް ފަހުން އެޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ ގާނާގެ މިޑްފީލްޑަރު ޑިއަވަންޑޫ ޑިއާނޭ އެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ބުރުގެ ކީޕަރު އަބްދުﷲ އަރުޝަން ވަނީ މާޒިޔާގެ ލުއިސް އަލްމައިޑާގެ ޕެނަލްޓީ މަތަކޮށްފައެވެ. އަދި މާޒިޔާގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) އާއި ހުސެއިން ސިފާއު (ކުރޯ) ފޮނުވާލި ޕެނަލްޓީތައް ދިޔައީ ބޭރަށެވެ. ބުރު މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ މުހައްމަދު ނައިސަމެވެ.
ސެމީ ފައިނަލުގައި ބުރު ބައްދަލުކުރާނީ ބުދަ ދުވަހުގެރޭ ޓީސީ ސްޕޯޓްސް ކްލަބާއެވެ. ޓީސީން ސެމީގެ ޖާގައެއް ހޯދީ މިއަދު ހަވީރު ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ. ސެމީގެ ފުރަތަމަ މެޗުގައި ބުދަ ދުވަހުގެ ހަވީރު ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ތިންވަނަ ޑިވިޝަނުގެ ބްލޫ ސްޕޯޓްސް ކްލަބެވެ.

ކިޔުންތެރިންގެ ހިޔާލު