ގާނާގެ ޕްރިމިއާ ލީގުގައި ކުޅޭ ބެރެކަމް ޗެލްސީގެ ޒުވާން ކުޅުންތެރިޔާ ޑޮމިނިކް ފްރިމްޕޮންގް، ހަތިޔާރު އެޅި ބަޔަކު ދިން ބަޑީގެ ހަމަލާއެއްގައި މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ އެފްސީ ސަމާޓެކްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ޓީމުގެ ބަހުގައި އެނބުރި ދަތުރުކުރަމުން ދަނިކޮށް، މާސްކް އަޅައިގެން ތިބި ފޭރުުންތެރިންގެ ގްރޫޕަކުން މަގު ބަންދުކޮށް ބަހަށް އަމާޒުކޮށް ބަޑިޖެހުމުގެ ސަބަބުންނެވެ.
ބެރެކަމް ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބިބިއާނީ-ގޯސޯ މަގުން ދަތުރުކުރަނިކޮށް ހަތިޔާރު އެޅި ބަޔަކު މަގު ބަންދުކޮށް ބަހަށް ބަޑިޖަހަން ފެށުމުން، ބަހުގައި ތިބި ކުޅުންތެރިންނާއި އޮފިޝަލުން ސަލާމަތްވުމަށްޓަކައި ކައިރީގައި ހުރި ޖަންގަލިތަކުގެ ތެރެއަށް ވަދެ ފިލި ކަމަށެވެ.
ނަމަވެސް މި ހަމަލާގައި އުމުރުން އެންމެ 20 އަހަރުގެ ވިންގަރ ފްރިމްޕޮންގްގެ ބޮލަށް ވަޒަން އަރައި ބޮޑެތި ޒަހަމްތަކެއް ލިބުނެވެ. އޭނާ ވަގުތުން ބިބިއާނީ ގަވަރމަންޓް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ގާނާ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ފްރިމްޕޮންގްގެ އާއިލާއަށާއި ކްލަބަށް ތައުޒިޔާ ފޮނުވާފައެވެ. އެ އެސޯސިއޭޝަނުން ބުނި ގޮތުގައި މިއީ މުޅި ގާނާގެ ފުޓްބޯޅައަށް ލިބުނު ބޮޑު ކުއްލި ސިހުމެއް ކަމަށާއި، ފްރިމްޕޮންގް އަކީ ވަރަށް އުއްމީދީ މޮޅު ކުޅުންތެރިއެއް ކަމަށެވެ.
އަދި މި ހާދިސާ ތަހުގީގުކޮށް އިންސާފު ގާއިމުކުރުމަށް ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ޓީމުތައް ދަތުރުކުރާއިރު ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު