ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން 13 ވަނަ ފަހަރަށް އެފްއޭ ކަޕްގެ ތަށި އުފުލާލައިފިއެވެ.
މިއީ ނިއު ރޭޑިއަންޓުން ފައިނަލުގައި ޓީސީ ބަލިކޮށް މި މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އެންމެ ފަހުން 2017 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި ވެސް ނިއު އިން ވަނީ ޕެނަލްޓީ ޖަހައިގެން ޓީސީގެ މައްޗަށް ކުރިހޯދާފައެވެ. އަނެއްކޮޅުން، މިއީ ޓީސީ ޖެހިޖެހިގެން އެފްއޭ ކަޕް ފައިނަލަކުން ބަލިވި ތިންވަނަ ފަހަރެވެ.
މިރޭގެ މެޗުގެ ފުރަތަމަ ލަނޑު 21 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ނިއުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ މި ލަނޑު ކާމިޔާބުކުރީ ހިތްގައިމު 'ޕެނަންކާ' އަކުންނެވެ.
ނިއު އިން މެޗުގެ ލީޑު ފުޅާކުރީ 40 ވަނަ މިނިޓްގައި އެ ޓީމުގެ ނައިޖީރިއާ ފޯވާޑް އަލްހާޖީ ގޭރޯ ޖެހި ލަނޑުންނެވެ. ނިއުގެ ތިންވަނަ ލަނޑު މެޗުގެ 83 ވަނަ މިނިޓްގައި ބޮލުން ޖަހައި ކާމިޔާބުކޮށްދިނީ ވެސް ގޭރޯއެވެ.
ނިއު ރޭޑިއަންޓުން މި ފަހަރުގެ މުބާރާތް ކާމިޔާބު ކޮށްފައިވާއިރު، ދެ އަހަރުގެ ސަސްޕެންޝަނަކަށް ފަހު އެނބުރި އައިސް، މުޅި މުބާރާތުގައި ބައިކޮޅަށް ގޯލެއް ވެސް ވަދެފައި ނުވެއެވެ.
މި މުބާރާތާއެކު ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ބޭއްވި ރާއްޖޭގެ ފުޓްބޯޅަ ސީޒަން މިވަނީ ނިމިފައެވެ. މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު މާޒިޔާ އިން ހޯދިއިރު، ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރީ އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅުނު އޮޑި ސްޕޯޓްސް ކްލަބެވެ.

ކިޔުންތެރިންގެ ހިޔާލު