ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ދުނިޔޭގެ އެންމެ މަޤްބޫލު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ ޤައުމީ ޓީމާއިއެކު ކުޅުނު 2 މެޗަށްފަހު ކުރި ޓެސްޓުތަކުންކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. ރޮނާލްޑޯ ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާ ވަނީ މިހާރު އައިސޮލޭޓްކޮށްފަ އެވެ.



ޔުއެފާ ނޭޝަންސް ލީގުގައި މާދަމާރޭ ޕޯޗުގަލް ސްވިޑެންއާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު މި މެޗްގައި ރޮނާލްޑޯއަކަށް ނުކުޅެވޭނެ އެވެ. އުމުރުން 35 އަހަރުގެ ރޮނާލްޑޯ ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭނާގެ ކިބައިން އެއްވެސް އަލާމާތެއް ނުފެނެ އެވެ. ޕޯޗުގަލްގެ ކެޕްޓަން ވަނީ ޤައުމީ ޓީމަށް 100 ގޯލް ޖެހުމުގެ ރެކޯޑް ހަދާފަ އެވެ.

ރޮނާލްޑޯ ވަނީ މިހާތަނަށް ބެލޮންޑިއޯ އެވޯޑް ފަސް ފަހަރު އަދި ފީފާ އިން ދާދި ފަހުން ތައާރަފްކުރި ފީފާ ބެސްޓް އެވޯޑް ދެ ފަހަރު ހޯދައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން