ޔޫއެފާ ނޭޝަންސް ލީގުގެ ރޭ ޔޫކްރޭން އަތުން ބަލިވެ ސްޕެއިން ދަމަހައްޓަމުން އައި ބަލިނުވުމުގެ ސިލްސިލާއަށް ނިމުން އަތުވެއްޖެއެވެ.
ޔޫކްރޭންގެ ދަނޑުގައި ކުޅުނު މެޗުން ސްޕެއިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މޮޅަށް ކުޅެ ގިނަ ޙަމަލާ އުފައްދާފައިވަނީ ސްޕެއިންއެވެ. ނަމަވެސް ޔޫކްރޭންގެ ޑިފެންސް ފޫއަޅުވާލުމުގައި އެޓީމަށް ވަނީ ކުރި ހޯދޭގޮތް ނުވެފައެވެ.
ރޭގެ ބައްޔަކީ މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭގައި ސްޕެއިން ބަލިވި ފުރަތަމަ ފަހަރެވެ. މި މެޗުގައި ސްޕެއިންއިން ވަނީ ޖުމްލަ 21 ޝޮޓް ޔޫކްރޭންގެ ގޯލަށް ފޮނުވާލާފައެވެ. އެ ޙަމަލާތަކުގެ ހުރަހަކަށް ވެގެން ދިޔައީ މެޗުގައި އާދަޔާޚިލާފު މޮޅު ކުޅުމެއް ދެއްކި ޔޫކްރޭންގެ ކީޕަރެވެ. މި މެޗުގައި ޔޫކްރޭނުން ސްޕެއިންގެ ގޯލް ހުޅުވާލަން ބޭނުންވީ އެންމެ ފުރުސަތެކެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް ވިކްޓާ ސުގަންކޯވްގެ ގޯލާއެކު ދަނޑަށް ވަދެތިބި 15،000 ސަޕޯޓަރުންގެ އަޑު ގުގުމާލިއެވެ.
ސްޕެއިން އެންމެ ފަހުން ބަލިވެފައި ވަނީ 2018 ވަނަ އަހަރު ކްރޮއޭޝިއާ އަތުންނެވެ. އެ މެޗުން ސްޕެއިން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗު ކުޅެފައި ވަނީ ސްޕެއިންއިން 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ސްޓޭޑިއަމްގައެވެ.

ކިޔުންތެރިންގެ ހިޔާލު