ރިސޯޓުތަކަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ބޭރު ފައިސާއިން ލިބޭއިރު، އެތަންތަނުގެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު ދިވެހި ރުފިޔާއަށް ބަދަލުކޮށްގެން ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ކެންދޫ ދާއިރާގެ މެންބަރު މަައުރޫފް ޒާކިރު ހުށަހެޅުއްވި އިސްލާހަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ، ރިސޯޓުތަކުގެ އާމްދަނީގެ ގާތްގަނޑަކަށް 80 އިންސައްތައަކީ ބޭރު ފައިސާއިން ކޮޓަރި ވިއްކައިގެން ލިބޭ އާމްދަނީ ކަމަށެވެ.
އެހެންކަމުން، އެ ފައިސާއިން ނަގާ ސާވިސް ޗާޖު މުވައްޒަފުންނަށް ބަހާއިރު އޭގެ މަންފާ އެހެން ގޮތަކަށް އަނބުރާލުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނާޒިލް ވިދާޅުވި ގޮތުގައި، ސާވިސް ޗާޖުގެ ގޮތުގައި މަދުވެގެން 10 އިންސައްތަ ނަގަން ގާނޫނުގައި މިހާރު ކަނޑައަޅާފައި އޮތް ނަމަވެސް، އެ ފައިސާ ބެހުމުގައި އަމަލީ ގޮތުން ގިނަ މައްސަލަތަކެއް ހުރި ކަމަށެވެ.
ހާއްސަކޮށް، ރިސޯޓުތަކުގައި އައުޓްސޯސްކޮށްގެން މަސައްކަތްކުރާ ފަރާތްތަކާއި، ކައިރި ރަށްރަށުން ގޮސް ރިސޯޓު ސާފުކުރުން ފަދަ މަސައްކަތްތަކުގައި އުޅޭ މީހުންނަށްވެސް ސާވިސް ޗާޖުގެ ހައްގު ލިބެންޖެހޭނެކަން ގާނޫނުގައި ސާފުކޮށް ލިޔަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދު މިއޮތީ ސީދާ ގާނޫނުގައި ކަޅާއި ހުދުން ލިޔަންޖެހޭ ހިސާބަށް ކަންތައްތައް އައިސްފައި. މިގޮތަށް މިކަން ކުރަންޖެހެނީ ހަގީގަތުގައި އެކަންތައްތައް އެންމެ ރަނގަޅަށް ކުރަން ތިބޭ ބޭފުޅުން އެކަން ނުކުރާތީ،" ނާޒިލް ވިދާޅުވިއެވެ.
ގާނޫނުގެ 52 ވަނަ މާއްދާއަށް ހުށަހެޅިފައިވާ މި އިސްލާހުތަކަކީ ރިސޯޓު މުވައްޒަފުންގެ ހައްގުތައް ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވައި، މަޖިލީހުގެ ހުރިހާ މެންބަރުންވެސް މި އިސްލާހަށް ތާއީދުކޮށްދެއްވުމަށް ނާޒިލް ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު