ދައުލަތުގެ މާލީ ހާލަތާއި ދަރަނި މެނޭޖްކުރުމާ ގުޅޭގޮތުން ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ސަރުކާރަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ.
މަޝްޙޫރު ޤާނޫނީ ވަކީލް ޢަލީ ހުސައިން މިފަދައިން ވިދާޅުވީ، ރާއްޖޭގެ ރިޒާވްގެ ހާލަތާއި ދަރަނި އަދާކުރުމުގެ ގާބިލުކަމާ ގުޅޭގޮތުން ކުރީގެ އިގްތިސާދީ ވަޒީރު އަހުމަދު މުހައްމަދު ފާޅުކުރެއްވި ކަންބޮޑުވުންތަކަކަށް ތާއީދުކުރައްވަމުންނެވެ.
އަލީ ހުސައިން ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތް "ދަވާލުމުގެ ފިކުރަށް" ދިވެހިން ނޫނެކޭ ބުނާނީ ކޮން އިރަކުންތޯއެވެ. އަދި އެފަދަ ފިޔަވަޅެއް އަޅަން ރައްޔިތުން މަޑުކޮށްގެން ތިބީ ގައުމު އިގްތިސާދީ ގޮތުން މުޅިން ބަނގުރޫޓުވެ، ހަސްފަސް ނެތް ހާލަތަށް ދަންދެންތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
އޭނާގެ މި ވާހަކަތަކަކީ މިހާރުގެ ސަރުކާރުން މާލީ ކަންކަން ބަލަހައްޓަމުންދާ ގޮތާމެދު އާންމުންގެ މެދުގައި އޮތް ކަންބޮޑުވުން ހާމަކޮށްދެއްވުމަށް ވިދާޅުވި ބަސްތަކެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
މި މައްސަލައިގައި ކުރީގެ ވަޒީރު އަހުމަދު މުހައްމަދު ފާހަގަކުރެއްވި ގޮތުގައި، އިންޑިއާއިން ހޯދާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ އަނބުރާ ދެއްކުން ތަކުރާރުކޮށް ފަސްކުރަން ޖެހުމަކީ ރާއްޖޭގެ ރިޒާވް ބަލިކަށިވެފައިވާ މިންވަރު ހާމަވާ ކަމެކެވެ.
މީގެ އިތުރުން، ދައުލަތުގެ މުއައްސަސާތަކުން މާލީ މައުލޫމާތު ހާމަކުރުމުގައި ހުރި ފުށުއެރުންތަކުގެ ސަބަބުން، ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިތުބާރު ރާއްޖެއަށް ގެއްލިގެން ހިނގައިދާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.
މިކަމާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒާ ނޫސްވެރިން ސުވާލުކުރުމުން، އެ ފައިސާ ދެއްކުން ފަސްކުރުމާ ބެހޭގޮތުން ސާފު ޖަވާބެއް ދެއްވާފައިނުވާކަން ނޫސް ރިޕޯޓުތަކުން އެނގެއެވެ. މި މައްސަލައަކީ ރާއްޖޭގެ އިގްތިސާދީ ކުރިމަގާ މެދު ސިޔާސީ މަޝްރަހުގައި މިވަގުތު އެންމެ ބޮޑަށް ބަހުސް ކުރެވެމުންދާ އެއް މައުޟޫއެވެ.

ކިޔުންތެރިންގެ ހިޔާލު