ޝަހީދުވި އުމުރުން 25 އަހަރުގެ އައުދާ އަވާދާ ދެ ދަރިން
ޝަހީދުވި އުމުރުން 25 އަހަރުގެ އައުދާ އަވާދާ ދެ ދަރިން
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲ ކައިރީގައި، އިސްރާއީލުގެ ހަރުކަށި ވަޒަންވެރިން ދިން ބަޑީގެ ހަމަލާއެއްގައި ޝަހީދުވި އުމުރުން 25 އަހަރުގެ އައުދާ އަވާދާގެ ޖަނާޒާ ބާއްވައިފިއެވެ.

އައުދާ ޝަހީދުކޮށްލާފައިވަނީ ރާމަﷲ ކައިރީގައި އުޅޭ ކުއްޖަކަށް ނިސްބަތްވާ ބަކަރި ކައިރީގައި ހުއްޓާ، ވަޒަންވެރިން ދިން ހަމަލާއަކުން އެ ކުއްޖާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައެވެ. އޭނާގެ ވަކިވުމާއެކު މުޅި ސަރަހައްދުގައި ވަނީ ހިތާމައިގެ މޮޅިވެރިކަން ފެތުރިފައެވެ.

އައުދާގެ ޖަނާޒާގެ އެންމެ އަސަރުގަދަ މަންޒަރަކަށް ވެގެންދިޔައީ، އޭނާގެ ދެ މަސްވީ އެއްމާބަނޑު ދެ އަންހެން ދަރިން ބައްޕައަށް އެންމެ ފަހުގެ އަލްވަދާއު ކިޔުމަށް ޖަނާޒާއަށް ގެނައި ވަގުތެވެ.

ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނެއް ބައިވެރިވި މި ޖަނާޒާގައި، އެ ކުޑަކުޑަ ދެ ދަރިން ބައްޕަގެ މޫނު ފެންނަ ހިސާބުގައި ބޭއްވުމުން އެތައް ބައެއްގެ ލޮލުން ކަރުނަ ހިލުވާލިއެވެ.

މިއީ އިސްރާއީލުގެ ހަރުކަށި ވަޒަންވެރިން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ދެމުންގެންދާ އަނިޔާވެރި ހަމަލާތަކުގެ ނުބައިކަން ހާމަކޮށްދޭ އަސަރުގަދަ ހާދިސާއެކެވެ.

މި ހާދިސާއާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުން ވަނީ އިސްރާއީލުގެ ވަޒަންވެރިންގެ މިފަދަ ހަމަލާތައް އިތުރުވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އައުދާ ފަދަ ޒުވާން ބަޕައަކު، އޭނާގެ ތުއްތު ދެ ދަރިން ޔަތީމުކޮށްލުމަށްފަހު ވަކިވެގެން ދިޔުމަކީ ފަލަސްތީނުގެ މިނިވަންކަމުގެ ޖިހާދުގައި ލިބުނު ވަރަށް ބޮޑު ހިތާމައެއްގެ ގޮތުގައި އެ ގައުމުގެ ރައްޔިތުން ސިފަކުރެއެވެ.

ޖަނާޒާގައި ބައިވެރިވި މީހުން ވަނީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލައި، އިންސާފަށް ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު