މޯލްޑިވްސް ފިޝަރީޒް އެންޑް ކޯޕަރޭޝަން (މިފްކޯ) ގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ގއ. ދެއްވަދޫ، ދޭލިޔާގެ، މުހައްމަދު އަނަސް މިއަދު އައްޔަންކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) ބުނީ މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމަށް އަނަސް އައްޔަންކުރަން ނިންމީ މިއަދުން ފެށިގެން ކަމަށެވެ. މިފްކޯގެ އެންމެ އިސް މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ބްރިގޭޑިއާ ޖެނެރަލް (ރޓ) ފަރުހަތު ޝަހީރު، މި މަހުގެ 12 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިފްކޯގެ ސީއީއޯގެ މަގާމަށް އައްޔަންކުރެއްވި މުހައްމަދު އަނަސްއަކީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމާއި، ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުތަކާއި، މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމުގެ ދާއިރާއިން ވަރަށް ބޮޑު ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ފަންނީ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ ޕީސީބީގެ ރައީސްކަމުގެ މަގާމުގައެވެ. އެ މަގާމުގައި ހުންނެވިއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން މޮނިޓަރުކޮށް ބެލެހެއްޓުމުގެ މުހިންމު ޒިންމާތަކެއް އޭނާ ވަނީ އަދާކުރައްވާފައެވެ.
މީގެ ކުރިން އަނަސް ވަނީ ސަރުކާރުގެ އިސް އެކި މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން މިނިސްޓްރީ އޮފް ފައިނޭންސްގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނަވައި، އެ ވުޒާރާގެ ޑެބްޓް މެނޭޖްމަންޓް ޑިޕާޓްމަންޓް އިސްކޮށް ހިންގަވައި، ގައުމީ ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުތަކާއި ރިސްކް މެނޭޖްމަންޓް އޮނިގަނޑުތައް އެކުލަވައިލުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. މީގެ އިތުރުން ރާއްޖެއިން ސޮވެރިން ބޮންޑު ދޫކުރުމުގެ މަސައްކަތްތަކުގައި ވެސް އޭނާ އިސްކޮށް ބައިވެރިވެވަޑައިގެންފައިވެއެވެ.
ކޯޕަރޭޓް ދާއިރާއަށް ބަލާއިރު، އަނަސް ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޮޑިޓް މެނޭޖަރުގެ މަގާމާއި، މޯލްޑިވްސް ބިޒްނަސް ސްކޫލްގެ އެސޯސިއޭޓް ޕްރޮފެސަރެއްގެ މަގާމު ވެސް ފުރުއްވާފައެވެ. އޭނާގެ ކެރިއަރުގެ ކުރީކޮޅު ފިނޭންސް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރުގެ މަގާމުގައި ހުންނަވައިގެން، ސަރުކާރުގެ މަޝްރޫއުތަކުގެ މާލީ ދިރާސާތައް ކުރުމުގެ ތަޖުރިބާ ވެސް ހޯއްދަވާފައިވެއެވެ.
ތައުލީމީ ގޮތުން އަނަސް ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ހާޓްފޯޑްޝަޔަރއިން އެކައުންޓިންގ ދާއިރާއިން ފަސްޓް ކްލާސް އޮނަރސްއާއެކު ބެޗްލަރ އޮފް އާޓްސް ހާސިލުކުރައްވާފައިވެއެވެ. މީގެ އިތުރުން ވޯލްޑް ބޭންކާއި އޭޑީބީ ފަދަ ބައިނަލްއަގުވާމީ އިދާރާތަކުން ހިންގި ދަރަނި މެނޭޖުކުރުމާއި އިގްތިސާދީ ދިރާސާކުރުމުގެ އެކި ތަމްރީނުތައް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު