ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ދޯންޏެއްގައި މިދިޔަ މަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އަނިޔާވި ބިދޭސީ މީހާ، އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ތެޔޮ ދޯނީގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 40 އަހަރުގެ ޑެލޯވާއެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން ދަނިކޮށް، ހޯމަ ދުވަހުއެވެ.
މިދިޔަ އެޕްރިލް މަހު 9 ވަނަ ދުވަހު މި ހާދިސާ ހިނގަން މެދުވެރިވީ، ފީއަލީ ފަޅުތެރޭގައި އޮތް ތެޔޮ ދޯނީގެ ޕަމްޕު ސްޓާޓްކުރަން އުޅުމުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ. މި ނުރައްކާތެރި ހާދިސާގައި ޑެލޯވާގެ ހަށިގަނޑުގެ 60 އިންސައްތަ ފިހިފައިވާ ކަމަށް އޭނާއަށް ފުރަތަމަ ފަރުވާދިން ފ. ނިލަންދޫ ހޮސްޕިޓަލުން ކުރިން ބުނެފައިވެއެވެ.
އަލިފާން ރޯވުމާއެކު ޑެލޯވާއަށް ފުރަތަމަ ފަރުވާ ދިނީ ފީއަލީ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް އޭނާގެ ހާލަތު ދަށަށް ދިއުމުގެ ސަބަބުން ނިލަންދޫ ހޮސްޕިޓަލަށް ބަދަލުކުރުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފެށީއެވެ.
ގާތްގަނޑަކަށް ތިން ގަޑިއިރުގެ މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު، މި ހާދިސާގައި އެ ރަށަށް ވަނީ އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން، އަލިފާން ރޯވި ތެޔޮ ދޯނީގެ އިތުރުން، އޭގެ ކައިރީގައި އޮތް ފާނައިގެ މަސްވެރިކަން ކުރާ ދެ ދޯނި ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.
މީގެ އިތުރުން، ބަނދަރު ސަރަހައްދުގައި ހުރި ފީއަލީގެ އައިސްޕްލާންޓް އެއްކޮށް އަނދައި ބޭނުންނުކުރެވޭ ވަރު ވެފައިވާއިރު، އެ ސަރަހައްދުގައި އޮތް އައު ފައިބަރު ދޯންޏެއްގެ ގެގަނޑު އަނދައި، ބިއްލޫރިތައް ތަޅައިގެން ގޮސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު