އިންޑިއާގެ ފޮރިން ސެކްރެޓަރީ، ހާރްޝް ވަރްދަން ޝްރިންގްލާ
އިންޑިއާގެ ފޮރިން ސެކްރެޓަރީ، ހާރްޝް ވަރްދަން ޝްރިންގްލާ
އިންޑިއާގެ ފޮރިން ސެކްރެޓަރީ، ހާރްޝް ވަރްދަން ޝްރިންގްލާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ފޮރިން ސެކްރެޓަރީގެ ދަތުރުފުޅާއި ބެހޭ އިތުރު މައުލޫމާތެއް ދެގައުމުގެ ސަރުކާރުންވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

ހާރްޝް ޝްރިންގްލާ ރާއްޖެ މިވަޑައިގަންނަވަނީ، ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ގުޅުން ވަރަށްބޮޑަށް ބަދަހިވެފައިވާ ދަނޑިވަޅެއްގައެވެ. ކޯވިޑް-19 ގެ ހާލަތުގައި ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ދަނީ އިންޑިއާ އިންނެވެ. އަދި ރާއްޖޭގެ ތަރައްގީގެ ގިނަ މަޝްރޫއު ތަކެއްގައި ފަހަކަށް އައިސް އިންޑިއާގެ ބައިވެރިވުން ވަރަށް ބޮޑުކަން ފާހަގަ ކޮށްލެވެއެވެ.

މީގެ ކުރިން ރައީސް ޞާލިޙްގެ ވެރިކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ދެފަހަރެއްގެ މަތިން ރާއްޖެއަށް ޒިޔާރަތް ކުރަށްވާފައެވެ. އަދި މިއީ ހާރްޝް ވަރްދަން ޝްރިންގްލާ މަގާމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު ރަސްމީ ދަތުރުފުޅެއްގައި ގައުމުން ބޭރަށް ވަޑައިގަންނަވާ 3 ވަނަ ފަހަރެވެ.

ރައީސް އިބްރާހީމްގެ ތަރައްގީގެ އެންމެ ބޮޑު މަޝްރޫޢު، ތިލަމާލެ ބްރިޖް އެޅުމުގެ މަޝްރޫއަށްވެސް އިންޑިއާ ސަރުކާރުން ވަނީ 400 މިލިއަން ޑޮލަރުގެ އެހީ ހަމަޖައްސައިދީފައެވެ. އަދި ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގެތް ފަހުން އިންޑިއާއާއި އެކު ތަރައްގީގެ ގިނަ އެއްބަސްވުން ތަކެއްގައި ވަނީ ސޮއި ކޮށްފައެވެ. އެގޮތުން އިންޑިއާ ސަރުކާރުގެ އެހީގައި ރަށްރަށުގައި ޤާއިމް ކުރަމުންދާ ގޭދޮށު މަސް ފެކްޓްރީތަކުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.

ހަމައެއާއި އެކު، އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގަންނަވާ މިދަނޑިވަޅަކީ ރާއްޖޭގައި އިންޑިއާ ސިފައިން ގިނަ ޢަދަދަކަށް ތިބިކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން "އިންޑިއާ އައުޓް" ގެ ނަމުގައި ޙަރަކާތެއްވެސް ހިންގަމުންދާ ވަގުތެކެވެ. މީގެއިތުރުން އިދިކޮޅުން އަންނަނީ އިންޑިއާ އާއިއެކު ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމަަށް ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން