އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނާސިރު ޖަލަށްލީ މައްސަލައިގައި، އެ ދެ ނޫސްވެރިން މިނިވަންކުރުމަށް ގޮވާލައި މާލޭގައި ބޮޑު މުޒާހަރާއެއް ފަށައިފިއެވެ.
އެމްޑީޕީ ހަރުގެ ސަރަހައްދުން ފެށި މި މުޒާހަރާގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެފައިވާއިރު، މުޒާހަރާގެ ބައިވެރިން ވަނީ މަގުތަކުގައި ހިނގާލުމަށްފަހު އާޓިފިޝަލް ބީޗް ސަރަހައްދަށް އެއްވެފައެވެ. މި ހަރަކާތުގެ ބައިވެރިން ގޮވާލަމުންދިޔައީ ނޫސްވެރިންގެ މަސައްކަތަށް ހުރަސްނޭޅުމަށާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށެވެ.
މި މުޒާހަރާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ނޫސްވެރިން ޖަލަށްލީ އެމީހުންގެ ޒިންމާ އަދާކުރުމުން ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި ޖަލަށްލާފައިވާ ނޫސްވެރިން މިނިވަންވަންދެން ކޮންމެ ދުވަހަކު ވެސް އިހުތިޖާޖު ކުރަމުންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަޝީދުގެ އިތުރުން އިދިކޮޅު އެހެން ސިޔާސީ ލީޑަރުން ވެސް ވަނީ މީޑިއާގެ މިނިވަންކަން ހިމާޔަތްކުރުމަށް އެންމެން އެކުގައި ނުކުތުމަށް ގޮވާލައްވާފައެވެ.
އަދަދު ނޫހުގެ ދެ ނޫސްވެރިން ޖަލަށްލާން ހުކުމް ކުރީ ކޯޓު އަމުރަކާ ހިލާފުވި ކަމަށް ބުނެއެވެ. މީގެ ތެރެއިން ޝަހުޒާން 15 ދުވަހަށް ޖަލަށްލާން ހުކުމްކުރިއިރު، ލީވާންގެ މައްޗަށް ވަނީ 10 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި ނިންމުމާ ގުޅިގެން ރާއްޖެއާއި ބޭރުގެ ނޫސްވެރިންގެ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު