ރާއްޖޭގެ މަސްވެރިން ބާނާ މަސް، އަވަށްޓެރި ސްރީލަންކާއަށް ބޭރުކުރުމުގައި އެއްވެސް ހުރަހެއް ނެތްކަމުގެ ޔަގީންކަން، އެގައުމުން ދީފައިވާ ކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ އިގުތިސޯދު ރަނގަޅުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެގައުމަށް އެހެން ގައުމުތަކުން މަސް އެތެރެކުރުން ހުއްޓާލަން ޖެހިދާނެ ކަމަށް އެގައުމުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިހާރު ވެސް ރާއްޖެއިން ދަނީ ލަންކާއަށް މަސް އެކްސްޕޯޓް ކުރަމުންނެވެ.
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގެ ފޮރިން މިނިސްޓަރު ދިނޭޝް ގުނަވަރްދެނާ އާއި އެގައުމުގެ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޖިތު ނިވާދު ކަބްރާލްއާއެކު ކުރެވުނު މަޝްވަރާތަކުގައި ރާއްޖެއިން ލަންކާއަށް މަސް އެކްސްޕޯޓްކުރުމަށް އެއްވެސް ހުރަހެއް ނެތްކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.
ލަންކާ ސަރުކާރުގެ މި ނިންމުމަށް މިނިސްޓަރު ޝާހިދު ވަނީ އެގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.
ލަންކާއަށް އެހެން ގައުމުތަކުން މަސް އެތެރެ ކުރުން ހުއްޓާލަން ޖެހިދާނެ ކަމަށް އެގައުމުން ބުނުމުން، އޭގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ގެއްލުންތަކާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ، ރާއްޖޭގެ މަސް ލަންކާއަށް އެކްސްޕޯޓް ނުކުރެވުމަކީ، ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި ބޭނުންވަނީ އެއަށްވުރެ މާ އަގުބޮޑު ބާޒާރުތަކަށް ރާއްޖޭގެ މަސް އެކްސްޕޯޓް ކުރަން ކަމަށެވެ. އެއީ މަހުން ލިބޭ އެންމެ ބޮޑު އަގާއި މަންފާ ދިވެހި މަސްވެރިންނަށް ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުވެސް ވަނީ ދިވެހި މަސްވެރިން ސީދާ ލަންކާ މާރުކޭޓަށް މަސްވިއްކުމަކީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ހުވަފެނެއް ކަމަށް ވިދާޅުވެފައެވެ.
ދިވެހި މަސް ވިއްކަން ބޭނުންވަނީ ދިވެހި މަހަށް ބޮޑު އަގު ލިބޭ މާކެޓްތަކަށް ކަމަށް ޒަހާ ވިދާޅުވި ނަމަވެސް ސަރުކާރުގެ މަސް ކުންފުނިން ބުނަމުންދަނީ ބޭރުގެ ބާޒާރު ތަކަށް އެކުންފުނިން މަސް ވިއްކަނީ ގެއްލުމުގައި ކަމަށެވެ. މިގެއްލުން ފޫބެއްދުމަށް އެ ކުންފުނިން މިހާރު ވަނީ މަސް ގަންނައަގު ވެސް ދަށްކޮށްފައެވެ.

Following discussions with my good friend, Hon. FM of Sri Lanka @DCRGunawardena, Min. of Fisheries Hon. Douglas Devananda MP & Hon. State Minister of Finance @an_cabraal assures Maldives that there are no restrictions for #Maldives fish imports to Sri Lanka.
— Abdulla Shahid (@abdulla_shahid) October 16, 2020
Thank you #SriLanka!
ލަންކާ ސަރުކާރުގެ މި ނިންމުމަށް މިނިސްޓަރު ޝާހިދު ވަނީ އެގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.
ލަންކާއަށް އެހެން ގައުމުތަކުން މަސް އެތެރެ ކުރުން ހުއްޓާލަން ޖެހިދާނެ ކަމަށް އެގައުމުން ބުނުމުން، އޭގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ގެއްލުންތަކާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ، ރާއްޖޭގެ މަސް ލަންކާއަށް އެކްސްޕޯޓް ނުކުރެވުމަކީ، ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި ބޭނުންވަނީ އެއަށްވުރެ މާ އަގުބޮޑު ބާޒާރުތަކަށް ރާއްޖޭގެ މަސް އެކްސްޕޯޓް ކުރަން ކަމަށެވެ. އެއީ މަހުން ލިބޭ އެންމެ ބޮޑު އަގާއި މަންފާ ދިވެހި މަސްވެރިންނަށް ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުވެސް ވަނީ ދިވެހި މަސްވެރިން ސީދާ ލަންކާ މާރުކޭޓަށް މަސްވިއްކުމަކީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ހުވަފެނެއް ކަމަށް ވިދާޅުވެފައެވެ.
ދިވެހި މަސް ވިއްކަން ބޭނުންވަނީ ދިވެހި މަހަށް ބޮޑު އަގު ލިބޭ މާކެޓްތަކަށް ކަމަށް ޒަހާ ވިދާޅުވި ނަމަވެސް ސަރުކާރުގެ މަސް ކުންފުނިން ބުނަމުންދަނީ ބޭރުގެ ބާޒާރު ތަކަށް އެކުންފުނިން މަސް ވިއްކަނީ ގެއްލުމުގައި ކަމަށެވެ. މިގެއްލުން ފޫބެއްދުމަށް އެ ކުންފުނިން މިހާރު ވަނީ މަސް ގަންނައަގު ވެސް ދަށްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު