މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް، އިދިކޮޅު އެމްޑީޕީގެ އެތެރޭގެ އިންތިހާބަކަށްފަހު މެދުހެންވޭރު ދާއިރާގެ ކައުންސިލަރު މީކާއިލް މުހައްމަދު އިންތިހާބު ކުރުމަށް ފާސްކޮށްފިއެވެ.
އެމްޑީޕީގެ އެތެރޭގެ މި ނިންމުމާ އެކު، މާލެ ސިޓީ ކައުންސިލްގެ ރަސްމީ ވޯޓުގައި މީކާއިލް ޑެޕިއުޓީ މޭޔަރަކަށް އިންތިހާބު ކުރުމަށް އެ ޕާޓީގެ ފަރާތުން ތްރީ-ލައިން ވިޕެއް ނެރުމަށް ވަނީ ހަމަޖެހިފައެވެ.
ކައުންސިލް މެމްބަރުންގެ މެދުގައި ނަގާ މި ރަސްމީ ވޯޓު ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ މިއަދު މެންދުރުފަހު 2:00 ގައެވެ.
ޑެޕިއުޓީ މޭޔަރުގެ މަގާމަށް އިންތިހާބުވި މީކާއިލްއަކީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ފެކްޝަންތަކުގެ ތެރެއިން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ފެކްޝަނަށް ބޮޑަށް ތާއީދުކުރަށްވާ ކައުންސިލަރެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް އިންތިހާބު ވެފައިވަނީ އެންމެ ދެ ބޭފުޅުންނެވެ. އެއީ ހުޅުމާލެ މެދު ދާއިރާއަށް އަހްމަދު ސަނީހް, ވިލިމާލެ ދާއިރާ އިބްރާހިމް ސަމާހްއެވެ. ޕީއެންސީގެ ފަރާތުން ޑެޕިއުޓީ މޭޔަރަކަށް ވާދަ ކުރަށްވަނީ، އެ ދެ ބޭފުޅުންގެ ތެރެއިން ކާކު ކަމެއް އަދި ކަށަވަރެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު