ޤާސިމް ޢަބްދުލް ކަރީމް (ފޮޓޯ: ސޯޝަލް މީޑިއާ)
ޤާސިމް ޢަބްދުލް ކަރީމް (ފޮޓޯ: ސޯޝަލް މީޑިއާ)
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ޤާސިމް ޢަބްދުލްކަރީމް ޢައްޔަންކުރެއްވުމަށް ފެންނަ ކަމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ނިންމައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓުގައިވާގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރުގެ ގޮތުގައި ހުންނަވައިގެން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މަޢުލޫމާތުތައް ލީކުކޮށްލި ވިސިލް ބްލޯވަރ، ޅ.ނައިފަރު/ނިކަގަސްދަށުގެ، ޤާސިމާއި އިންޓަރވިއުކުރުމަށްފަހު، އޭނާ އެންއައިސީއަށް ޢައްޔަންކުރަން ރުހުންދިނުމަށް ފެންނަކަމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

ޤާސިމަށް ރުހުންދިނުމަށް ފެންނަކަމަށް ކޮމިޓީގައި ބައިވެރިވެވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ވަނީ ނިންމާފައެވެ. އެހެންކަމުން މަޖިލީހުގެ ޖަލްސާގައި ރިޕޯޓާމެދު ގޮތެއް ނިންމަން ކޮމިޓީން ވަނީ އެދިފައެވެ.

އެންއައިސީގެ މެންބަރުކަމުގެ މަޤާމެއް ހުސްވެފައިވަނީ އެކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވިި އަޙްމަދު ސުލައިމާން އެމަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމަށް ޖުލައި މަހުގެ 21 ވަނަ ދުވަހު މަޖިލީހުން ފާސްކުރެއްވުމާއި ގުޅިގެން އޯގަސްޓް މަހުގެ 10ވަނަ ދުވަހު އޭނާ އެމަޤާމުން ވަކިކުރެއްވުމުންނެވެ.

ސަރުކާރުން އެންއައިސީ އުފެއްދީ، ފުލުހުންގެ މައްސަލަތައް ބެލުމަށް ކުރިން އޮތް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) އުވާލުމަށް ފަހު އެވެ. އަދި ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަނުން ބަލަމުން އައި މައްސަލަތަކާއި އިމިގްރޭޝަން އަދި ކަރެކްޝަނަލް ސާވިސްގެ މައްސަލަތައް ވެސް މިހާރު ބަލަނީ މި ކޮމިޝަނުންނެވެ.



ކިޔުންތެރިންގެ ހިޔާލު


-12

މޫސަބެ

17-Oct-2020

މިހާރު ތިދަނީ ރަންގަޅައް ތިފަދަ އިހުލާސްތެރިން ތަންތަނައް އައްޔަން ުރަން ވާނީ


19

އައްބެ

17-Oct-2020

ވރައް ގާބިލު ބޭ ފުޅެއް މަރުހަބާ



ޓްރެންޑިން