މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް ޢަބްދުﷲ ޝާހިދު،
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް ޢަބްދުﷲ ޝާހިދު،
ހައްޔަރުކޮށްފައިވާ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ގޮވާލި ގޮވާލުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް ޢަބްދުﷲ ޝާހިދު ތަކުރާރުކުރައްވައިފިއެވެ.

ކްރިމިނަލް ކޯޓުގެ އަމުރަކާ ޚިލާފުވި ކަމަށް ބުނެ، 'އަދަދު' ނޫހުގެ ނޫސްވެރިޔާ ލީވާން ޢަލީ ނަޞީރު އާއި މުޙައްމަދު ޝާހުޒާން ޖަލަށްލާފައިވާ މައްސަލައިގައި ޝާހިދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޝާހިދު މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖަލުގައި ބަންދުކޮށްފައި ހުރި ނޫސްވެރިޔާ ލީވާނަށް ބޭސްފަރުވާގެ ޚިދުމަތް ދިނުމަށް ދެކޮޅު ހަދަމުންދާ ކަމަށާއި، އޭނާ އެކަހެރި ބަންދެއްގައި (ސޮލިޓަރީ ކޮންފައިންމަންޓްގަ) ގެންގުޅެމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށެވެ.





މިއީ އިންތިހާއަށް ކަންބޮޑުވާންޖެހޭ އަދި މަސްރަޙު އިތުރަށް ގޯސްވަމުންދާ ކަމުގެ ހެއްކެއް ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ރައީސް އިތުރަށް ވިދާޅުވީ، ހައްޔަރުކޮށްފައިވާ ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމުގެ ފުރިހަމަ ޒިންމާ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އުފުލަންޖެހޭނެ ކަމަށެވެ. އަދި އެއްވެސް ލަސްކުރުމެއް ނެތް ގޮތެއްގައި، ލީވާނަށް ބޭނުންވާ ކުއްލި ބޭސްފަރުވާގެ އެހީތެރިކަން ކަށަވަރުކޮށްދިނުމަށް އިދާރާތަކަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު