ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މިޝަނަރީއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އެމެރިކާގެ ޑޮކްޓަރަކަށް ނުރައްކާތެރި އިބޯލާ ބަލި ޖެހުމާ ގުޅިގެން، ކުއްލި ފަރުވާއަށް ޖަރުމަނުވިލާތަށް ގެންގޮސްފިއެވެ.
މި ބަލި ޖެހިފައިވަނީ "ސާޖް" ނަމަކަށް ކިޔާ ކްރިސްޓިއަން ޖަމިއްޔާއެއްގެ ފަރާތުން ކޮންގޯގައި މަސައްކަތް ކުރަމުންދިޔަ ޑރ. ޕީޓަރ ސްޓެފަަންޑަށެވެ. އޭނާ ޖަރުމަނަށް ގެންދެވުނީ މިދިޔަ އަންގާރަ ދުވަހުގައެވެ. މިހާރު އޭނާއަށް ފަރުވާ ދެމުންދަނީ ޖަރުމަނުގެ ބާލިންގައި ހުންނަ ޗާރިޓޭ ހޮސްޕިޓަލުގެ ހާއްސަ އައިސޮލޭޝަން ވޯޑެއްގައެވެ.
އެހީދޭ ޖަމިއްޔާއިން މައުލޫމާތު ދޭ ގޮތުގައި، ޑރ. ޕީޓަރަށް މި ބަލި ޖެހުނީ 2023 ވަނަ އަހަރުން ފެށިގެން އޭނާ މަސައްކަތް ކުރަމުންދިޔަ ނިއަންކުންޑޭ ހޮސްޕިޓަލުގައި، ބަނޑުގައި ރިއްސާތީ ފަރުވާ ދިން ބަލިމީހެއްގެ އޮޕަރޭޝަނެއް ކުރުމުގެ ތެރޭގައެވެ. އެ ބަލިމީހާ އޮޕަރޭޝަނަށްފަހު މަރުވިއިރު، ފަހުން ހެދި ޓެސްޓުތަކުން އެއީ އިބޯލާ ކަމަށް ވަނީ ދައްކާފައެވެ.
ޑރ. ޕީޓަރުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އަމިއްލައަށް ކޮޅަށް ހުރުމަށްވެސް އޭނާއަށް ވަނީ އުނދަގޫވެފައެވެ. އޭނާގެ އަންހެނުން ރެބެކާ ސްޓެފަަންޑަކީވެސް ޑޮކްޓަރެކެވެ. ރެބެކާވެސް އެ ބަލިމީހާއަށް ފަރުވާ ދިނުމުގައި ބައިވެރިވި ނަމަވެސް، އޭނާއާއި އެ ދެމަފިރިންގެ ހަތަރު ދަރިންގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް އަދި ފެނިފައެއް ނުވެއެވެ.
ކޮންގޯއާއި ޔުގެންޑާގައި މިހާރު ފެތުރެމުންދާ އިބޯލާ ބަލީގައި މިހާތަނަށް 131 މީހުން މަރުވެފައިވާއިރު، 513 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާ ކަމަށް ޝައްކު ކުރެވެއެވެ. އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް (ސީ.ޑީ.ސީ) އިން ބުނާ ގޮތުގައި، މި ބައްޔަށް ހުށަހެޅިފައިވާ އިތުރު 6 އެމެރިކާ ރައްޔިތަކު އެ ސަރަހައްދުން ބޭރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އިބޯލާއަކީ ހަށިގަނޑުން ބޭރުވާ ދިޔާ އެއްޗެހީގެ ޒަރީއާއިން ފެތުރޭ، މަރުވުމުގެ ފުރުސަތު 90 އިންސައްތައަށް އޮންނަ ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާއި، ގައިގައި ރިއްސުމާއި، ވަރުބަލިވުމުގެ އިތުރުން، ބަލި ބޮޑުވުމުން ލޮލާއި، އަނގަޔާއި ނޭފަތުން ލޭ އައުން ހިމެނެއެވެ.
މި ނުރައްކާތެރި ބަލި އެމެރިކާއަށް ފެތުރުނު ނުދިނުމަށްޓަކައި، ޔުގެންޑާ، ކޮންގޯ އަދި ސައުތު ސޫދާނުން ދަތުރުކުރާ މީހުންނަށް އެމެރިކާއިން ވަނީ ދަތުރުފަތުރުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މީގެ ތެރޭގައި އެ ގައުމުތަކުގައި އުޅެފައިވާ މީހުން އެމެރިކާއަށް އެތެރެވުން ވަގުތީގޮތުން މަނާކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު