ފޯޅަވަހީގެ (ޗާގޯސް) އަތޮޅުތަކުގެ މައްޗަށް ދިވެހިރާއްޖެއަށް އޮންނަ ސިޔާދަތީ ޙައްޤުތައް ސިއްރު ސިޓީއަކުން ދޫކޮށްލާފައިވަނީ ޤައުމަށް ވެވުނު ބޮޑު ޚިޔާނާތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ސިފަކުރައްވައިފިއެވެ.
ބޮންޑެ ވިދާޅުވި ގޮތުގައި މިއީ ކިތަންމެ ވަރަކަށް މާފަށް އެދުނު ނަމަވެސް، ދިވެހި ރައްޔިތުންނަށް މާފުކުރެވޭނެ ވަރުގެ ކަމެއް ނޫނެވެ. އަދި މި މައްސަލަ ނިންމާލި ގޮތުން ދިވެހި ޤައުމަށާއި ރައްޔިތުންނަށް ލިބުނު އެއްވެސް މަންފާއެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބުނު ބޮޑެތި ގެއްލުންތަކަށް އަލިއަޅުވާލައްވަމުން ބޮންޑެ ވިދާޅުވީ، ދިވެހި މަސްވެރިން ޒަމާނުއްސުރެ މަސްވެރިކަން ކުރަމުން އައި ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުން ބޮޑު ބައެއް މިހާރު ވަނީ ބޭރުގެ އަތްމައްޗަށް ދޫވެ، ގެއްލިގެން ގޮސްފައެވެ. އަދި މި ސިޔާސަތުގެ ނޭދެވޭ އަސަރުތައް މިވަރުން ނުނިމޭނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އިތުރު 7 އަތޮޅެއް ގެއްލުމުގެ ބިރުވެސް އެބައޮތް ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
ދިވެހިރާއްޖޭގެ ދެކުނުގެ އިޤްތިޞާދީ ޚާއްޞަ ސަރަޙައްދާއި ޗާގޯސް ޖަޒީރާތަކާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަޙައްދުގެ މައްސަލާގައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ނިންމެވި ނިންމެވުމަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި އެންމެ ބޮޑު ބަހުސެއް އުފެދިގެންދިޔަ އެއް މައްސަލައެވެ.
އެ ސަރުކާރުން މިކަމުގައި ގެންގުޅުއްވި ސިޔާސަތުތަކާ ގުޅިގެން، އޭރުގެ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ އިތުރުން ރާއްޖޭގެ ފާހަގަކޮށްލެވޭ ޤާނޫނީ މާހިރުންގެ ބޮޑެތި ފާޑުކިއުންތަކާއި ކަންބޮޑުވުންތައް އިންތިހާއަށް އަމާޒުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު