ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން" ނުވަތަ ދާއިމީ ހައްލެއްގެ ގޮތުގައި އިޝްތިހާރު ކުރަމުންދާ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއަކީ، ހަގީގަތުގައި ދައުލަތަށް ލިބޭ އާމްދަނީން ވައްކަން ކުރުމަށް ހިންގަމުންދާ ބޮޑު ސަކަރާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ތުހުމަތު ކުރައްވައިފިއެވެ.
ރާއްޖޭގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މައުރޫފް ވަނީ، މިހާރު ފުށިދިއްގަރު ފަޅު (ރަސްމާލެ) ހިއްކުމުގެ ނަމުގައި ހިންގަމުންދާ ކަންކަމަކީ ދައުލަތަށް ލިބޭ ފައިސާއަށް ޚިޔާނާތްތެރިވުމަށްޓަކައި ހިންގާ ހުތުރު އަމަލެއްގެ ގޮތުގައި ސިފަކުރައްވައި، ސަރުކާރުގެ ނިޔަތާމެދު ބޮޑެތި ސުވާލުތަކެއް އުފައްދަވާފައެވެ.
މި މަޝްރޫއުގެ ތެރޭގައި ހުރި ކޮރަޕްޝަނާއި ނޭދެވޭ ކަންކަމަށް އަލިއަޅުވާލައްވަމުން މައުރޫފް ފާހަގަކުރެއްވި ގޮތުގައި، 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ކުރީގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރިއިރު، ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތަށް އެއްވެސް ފައިސާއެއް ބަޖެޓުގައި ހިމަނާފައެއް ނެތެވެ.
ރައްޔިތުންގެ މަންދޫބުން ހިމެނޭ މަޖިލީހުން އެ މަޝްރޫއަށް ބަޖެޓު ނުދީ ހިފެހެއްޓުމުން ވެސް، ކޮންމެ ގޮތަކުން ލާރި ހޯދައިގެން ވެސް އެ ފަޅު ހިއްކާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި އެ ބާރުގައި ސަރުކާރުން ވަނީ ހުޅުމާލެއިން ބޮޑު އަގުގައި އަގުހުރި ބިންތަކެއް ބޭރުގެ ކުންފުނިތަކަކަށް ވިއްކާލަން ސިއްރު އެއްބަސްވުންތަކެއް ގާއިމުކޮށްފައެވެ.
"ރައީސް މުޢިއްޒުގެ މި 'ވެނިޓީ ޕްރޮޖެކްޓް' ނުވަތަ ރަސްމާލެ މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ 'ޓޯޓަލް ސޮލިއުޝަން' ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެއީ އެއްވެސް ހަގީގަތެއް ނެތް ހުސް ވައުދުތަކެއް." - މައުރޫފް ޒާކިރު
ސަރުކާރުން ގާނޫނާ ޚިލާފަށް ބިންތައް ވިއްކަން އުޅުމުން އެކަމާ ދެކޮޅަށް ރައްޔިތުން ނުކުމެ، ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމާ ގުޅިގެން އެ މަސައްކަތް ވަގުތީގޮތުން ހުއްޓުނު ނަމަވެސް، ސަރުކާރުން ފަހުން ވަނީ ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 400 މިލިއަން ރުފިޔާގެ ބޮޑު ހޭދައެއް ކޮށްގެން އަނެއްކާވެސް އެ މަސައްކަތް ފަށާފައެވެ.
މައުރޫފް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ރުހުމެއް ނެތި، ދެފުށް ނުފެންނަ ގޮތަށް ދައުލަތުގެ ފައިސާ މިފަދަ ބޮޑެތި މަޝްރޫއުތަކަށް އޮއްސަމުންދަނީ އަމިއްލަ އެދުމާއި ވައްކަމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ.
ރައީސް މުޢިއްޒުގެ މި "ވެނިޓީ ޕްރޮޖެކްޓް" ނުވަތަ ރަސްމާލެ މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ ބޮޑު ހައްލެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެއީ އެއްވެސް ހަގީގަތެއް ނެތް ހުސް ވައުދުތަކެއްގެ ގޮތުގައި މައުރޫފް ސިފަކުރެއްވިއެވެ.
މި ދައުރު ނިމޭއިރު 64,000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ގާއިމުކުރާނެ ކަމަށް ވިދާޅުވުމަކީ އަހަރަކު 20,000 ޔުނިޓް އެޅުން ކަމަށްވާއިރު، މިހާތަނަށް އޭގެ އެއްވެސް އަމަލީ ނަތީޖާއެއް ބިމުން ފެންނަން ނެތް ކަމަށް ވިދާޅުވެ އޭނާ ވަނީ ސަރުކާރުގެ ނާގާބިލުކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަމަށް އައިސް، މިއަދު ފެންނަނީ ހަމައެކަނި ކަރުދާހުގައި ހުންނަ ކުރެހުންތަކެއްގެ ގޮތުގައި މަޝްރޫއުތައް ދައްކައިގެން ދައުލަތުގެ ބަޖެޓު ދަވާލަމުންދާ މަންޒަރު ކަމަށް ވިދާޅުވެ މައުރޫފް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު