ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް
ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް
މިނިވަންކަން ދެމެހެއްޓުމަށްޓަކައި ޤައުމީ ޝުޢޫރު އާލާކުރުން ވަރަށް މުހިންމު ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައި ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ، މިއަދު އަޅުގަނޑުމެން އުޅެމުން މިދަނީ ބަވަނަ ވެފައިވާ ދުނިޔެއެއްގައި ކަމަށެވެ. އެހެން ކަމުން ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ޤައުމީ ޝުޢޫރު އާލާކޮށް ވަރުގަދަކުރުން ވަރަށް މުހިއްމު ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

"މިފަދަ ބަވަނަ ވަމުންދާ ދުނިޔެއެއްގައި ކޮންމެ ޤައުމެއްގައިވެސް އެޤައުމެއްގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ޤައުމީ ޝުޢޫރު އާލާކޮށް ވަރުގަދަކުރުން ވަރަށް މުހިންމު." ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.



މިއަދު ފާހަގަ ކުރާ ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިޙް ދެއްވި ޚިޠާބުގައި ވިދާޅުވީ، ދިވެހި ޤައުމިއްޔަތުގެ މައިތަނބުތައް ކަމުގައިވާ، އިސްލާމްދީނާއި ދިވެހިންގެ ބަހާއި، ދިވެހިންގެ ސަޤާފަތް ނަގަހައްޓައި ދެމެހެއްޓުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ. އަދި އެކަންކުރެވޭނީ މިހާރުގެ ޅަދަރިންނާއި ޒުވާނުންގެ ހިތްތަކުގައި، ޤައުމިއްޔަތުގެ ސިފަތަކަށް ޚާއްޞަ ލޯތްބަކާއި ޤަދަރެއް އުފެއްދިގެންކަން ފާހަގަކުރައްވައި، އެގޮތަށް ދަރިން ތަރުބިއްޔަތުކުރުމުގައި ކޮންމެ ފަރުދެއްގެ މައްޗަށް އޮތް ޤައުމީ ޒިންމާ އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤައުމީ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލު މަހުގެ ފުރަތަމަ ދުވަސް ފާހަގަކުރަނީ އެދުވަހަކީ ޕޯޗުގީޒުން ރާއްޖެ އަޅުވެތިކޮށްގެން އުޅެމުންދިޔަތާ 15 އަހަރާއި 6 މަސްވެފައި ވަނިކޮށް، އުތީމު ތިން ބެއިންގެ ޤައުމީ ޖިހާދުގައި، ބޮޑުތަކުރުފާނު ރާއްޖެ މިނިވަންކުރެއްވި ދުވަސްކަމުގައިވާތީއެވެ.


ކިޔުންތެރިންގެ ހިޔާލު


-11

އައިމިނަތު ހެންވޭރު

20-Oct-2020

ރައީސް މައުމޫން ވެސް އެވިދާލު ވީ ވަރައް ރަންގަޅު ވާހަކަ ފުޅެއް


7

ހަސަން ސ މީދޫ

20-Oct-2020

ވަތަނީ ލޯބި ހިތްތަކުގައި އަށަގަންނުވަން ޖެހޭއެބަ


-4

އަލިބެ މާފަންނު

20-Oct-2020

ދިވެހި ޤައުމިއްޔަތުގެ މައިތަނބުތައް ކަމުގައިވާ، އިސްލާމްދީނާއި ދިވެހިންގެ ބަހާއި، ދިވެހިންގެ ސަޤާފަތް ނަގަހައްޓައި ދެމެހެއްޓުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް ވާޖިބެއް



ޓްރެންޑިން