ދެކުނު އެފްރިކާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވީ އެފްރިކާ ސަރަހައްދުގެ ކޮލިފައިން ގްރޫޕް ސީގެ އެއްވަނަ ހޯދައިގެންނެވެ. މި ގްރޫޕުގައި ދެން ހިމެނުނީ ނައިޖީރިއާ (2 ވަނަ) އަދި ބެނިން (3 ވަނަ) އެވެ. މިއާއެކު، ވޯލްޑް ކަޕުގެ ފުރުސަތެއް ނުލިބި ދެކުނު އެފްރިކާއިން ހޭދަކުރި ދިގު އިންތިޒާރަށް މިވަނީ ނިމުން އައިސްފައެވެ. ޖެހިޖެހިގެން ތިން މުބާރާތަކުން ފުރުސަތު ގެއްލުމަށްފަހު، "ބަފާނާ ބަފާނާ" (ދެކުނު އެފްރިކާގެ ގައުމީ ޓީމު) އަލުން ވޯލްޑް ކަޕަށް އެނބުރި މިއައީ އެ ގައުމުގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށްފަހު ފުރަތަމަ ފަހަރަށެވެ.
ދެކުނު އެފްރިކާގެ ކްލަބެއް ކަމަށްވާ މަމެލޯޑީ ސަންޑައުންސްއިން 2025 ވަނަ އަހަރު އެމެރިކާގައި ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގައި ދެއްކި ފުރިހަމަ ކުޅުމާއި ހަމަލާތަކުން ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ފަދައިން، އެ ގައުމުގެ ގައުމީ ޓީމުގެ އަމާޒަކީ ވެސް 2026 ވަނަ އަހަރު އުތުރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕްގައި އެފަދަ ކާމިޔާބީއެއް ހޯދުމެވެ.
ދެކުނު އެފްރިކާގެ ކޯޗު ހޫގޯ ބްރޫސް މަގާމާ ހަވާލުވީ 2021 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްއަށް ކޮލިފައި ނުވެ ކަނޓައިގެން ދިޔަ ދަނޑިވަޅުގައެވެ. ބެލްޖިއަމަށް ނިސްބަތްވާ ކޯޗު ވަނީ ޓީމު އަލުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށް، ތަލެންޓޭ އެމްބާތާ، އޮސްވިން އެޕޮލިސް އަދި އެވިޑެންސް މަގޯޕާ ފަދަ އުންމީދީ ޒުވާން ކުޅުންތެރިންނަށް ޓީމުން ފުރުސަތު ދީފައެވެ. މި ކުޅުންތެރިންނަކީ ވޯލްޑް ކަޕަށް ކޮލިފައިވުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިންނެވެ.
ބްރޫސްގެ އިރުޝާދުގެ ދަށުން ގެނައި މި ބަދަލުތަކާއެކު، 2023 ވަނަ އަހަރުގެ އެފްރިކާ ކަޕްގައި ދެކުނު އެފްރިކާއިން ވަނީ ތިންވަނަ ހޯދާފައެވެ. އަދި ކުރިއަށް އޮތް ޑިސެމްބަރު އަދި ޖެނުއަރީ މަހު މޮރޮކޯގައި ބާއްވާ މުބާރާތުގެ ތަށި ހޯދުމަށް ވެސް އެ ޓީމުން އުންމީދު ކުރެއެވެ. ނަމަވެސް، ކުރިން ކެމަރޫންގެ ކޯޗުކަން ވެސް ކުރި ބްރޫސްގެ އެންމެ ބޮޑު އަމާޒަކީ 2026 ގެ ވޯލްޑް ކަޕެވެ. އޭނާގެ މަގްސަދަކީ އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ނޮކްއައުޓް ބުރަށް ޓީމު ގެންގޮސްދިނުމެވެ.
ދެކުނު އެފްރިކާ ހަތަރުވަނަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވީ، ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެ، ތިން މެޗު އެއްވަރުވެ، އަދި ދެ މެޗުން ބަލިވެގެންނެވެ. ގްރޫޕްގެ އެއްވަނަ ހޯދުމަށް ނައިޖީރިއާ އާއި ބެނިންއާ ދެމެދު ވަރަށް ގަދަ ވާދަވެރިކަމެއް ފަހު ވަގުތާ ހަމައަށް ވެސް އޮތެވެ. އެންމެ ފަހު މެޗަށް ނުކުތްއިރު ދެކުނު އެފްރިކާ އޮތީ ގްރޫޕުގެ ދެވަނައިގައެވެ. ނަމަވެސް އަމިއްލަ ދަނޑުގައި ރުވާންޑާ އަތުން 3-0 އިން މޮޅުވެ، އެ ޓީމުން ބޭނުންވި ނަތީޖާ ހޯދިއެވެ. ހަމައެއާއެކު، އެވަގުތު އެއްވަނައިގައި އޮތް ބެނިން އަތުން ނައިޖީރިއާ 4-0 އިން މޮޅުވުމުން، ދެކުނު އެފްރިކާއަށް ގްރޫޕުގެ އެއްވަނަ ލިބި ވޯލްޑް ކަޕުގެ ޖާގަ ކަށަވަރުވިއެވެ.
ވޯލްޑް ކަޕްގެ ތާރީޚުގައި ދެކުނު އެފްރިކާއިން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 2002 ވަނަ އަހަރުގެ މުބާރާތުން ލިބުނު 17 ވަނަ އެވެ. އެ މުބާރާތަކީ ވޯލްޑް ކަޕްގައި އެ ގައުމުން ފުރަތަމަ މޮޅު ހޯދި އަހަރު ވެސް މެއެވެ. ސްލޮވީނިއާ އަތުން 1-0 އިން މޮޅުވި އެ މެޗުގެ ހަމައެކަނި ލަނޑު ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސިޔަބޮންގާ ނޮމްވެތޭއެވެ. އެ މުބާރާތުގެ ފުރަތަމަ މެޗުގައި ޕެރަގުއޭއާ 2-2 އިން އެއްވަރުވި ނަމަވެސް، ފަހު މެޗުގައި ސްޕެއިން އަތުން 3-2 އިން ބަލިވުމުން، ޕެރަގުއޭއާ ޕޮއިންޓުގެ ގޮތުން އެއްވަރުވެ، ޓައިބްރޭކަރަކުން ދެކުނު އެފްރިކާ މުބާރާތުން ކެޓީ ވަރަށް ހިތްދަތި ގޮތަކަށެވެ.
ދެކުނު އެފްރިކާއިން އެންމެ ފަހުން ވޯލްޑް ކަޕެއްގައި ކުޅުނީ 2010 ވަނަ އަހަރު އެ ގައުމުގައި ބޭއްވި މުބާރާތުގައެވެ. އެ މުބާރާތުގެ ދެވަނަ ބުރަށް ނުދެވުނު ނަމަވެސް، އެ ގައުމުގެ ކުޅުންތެރިން ވަނީ ރައްޔިތުން ފަޚުރުވެރިވާ ފަދަ ކުޅުމެއް ދައްކާފައެވެ. މުބާރާތް ހުޅުވި މެޗުގައި މެކްސިކޯއާ 1-1 އިން އެއްވަރުވިއިރު، ދެވަނަ މެޗުގައި އުރުގުއޭ އަތުން 3-0 އިން ބަލިވީ ޑިއޭގޯ ފޯލާން ޖެހި ދެ ލަނޑާއެކުގައެވެ. އެހެންނަމަވެސް، ފަހު މެޗުގައި ޔޫރަޕުގެ ވަރުގަދަ ފްރާންސް 2-1 އިން ބަލިކޮށް، ދެކުނު އެފްރިކާއިން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކާފައެވެ.
ދެކުނު އެފްރިކާގެ ވޯލްޑް ކަޕް ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންނަކީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފައިވާ ޝޯން ބާޓްލެޓް އަދި ބެނީ މެކާތީއެވެ. ބާޓްލެޓް އޭނާގެ ދެ ލަނޑު ޖެހީ 1998 ވަނަ އަހަރު ސައޫދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. މެކާތީ އަކީ ދެ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ހަމައެކަނި ދެކުނު އެފްރިކާ ކުޅުންތެރިޔާއެވެ. އެއީ 1998 އަދި 2002 ވަނަ އަހަރުގެ މުބާރާތުގައެވެ.
ވޯލްޑް ކަޕްގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑު ހަތަރު ކުޅުންތެރިއަކު ހިއްސާކުރެއެވެ. އެއީ ކްއިންޓަން ފޯޗޫން، ބެނީ މެކާތީ، ލޫކަސް ރަޑޭބޭ އަދި އެރޮން މޮކޮއީނާއެވެ. މީގެ ތެރެއިން ކޮންމެ ކުޅުންތެރިއަކު ވަނީ ވޯލްޑް ކަޕްގެ ހަ މެޗު ކުޅެފައެވެ.
ވޯލްޑް ކަޕްގައި ދެކުނު އެފްރިކާ ކުޅޭނެ މެޗުތައް:
11 ޖޫން: މެކްސިކޯ އާއި ދެކުނު އެފްރިކާ - މެކްސިކޯ ސިޓީ ސްޓޭޑިއަމް
18 ޖޫން: ޗެކިއާ އާއި ދެކުނު އެފްރިކާ - އެޓްލާންޓާ ސްޓޭޑިއަމް
24 ޖޫން: ދެކުނު އެފްރިކާ އާއި ދެކުނު ކޮރެއާ - އެސްޓާޑިއޯ މޮންޓެރޭ
އެފްރިކާ ބައްރުގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕްގައި ސައުތު އެފްރިކާގެ ސިޕީވޭ ޝަބަލާލާ ޖެހި ލަނޑަކީ މުޅި އެފްރިކާ ބައްރު ފަޚުރުވެރިކުރުވި ފުރިހަމަ ލަނޑެކެވެ. މެކްސިކޯއާ ދެކޮޅަށް ކުޅުނު އެ މެޗުގެ ދެވަނަ ހާފުގައި އޭނާ ޖެހި އެ ފުރިހަމަ ލަނޑާއި، އެއަށްފަހު ފެނިގެންދިޔަ އުފާފާޅުކުރުންތަކަކީ ވޯލްޑް ކަޕްގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ ހަނދާންތަކެކެވެ.
ދެކުނު އެފްރިކާގެ ވޯލްޑް ކަޕް ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ 2010 ވަނަ އަހަރު ފްރާންސް އަތުން 2-1 އިން މޮޅުވި މެޗެވެ. ބޮންގާނީ ކުމާލޯ އާއި ކަޓްލެގޯ އެމްޕެލާ ޖެހި ލަނޑުތަކާއެކު، އޭރުގެ ވަރުގަދަ ފްރާންސް ބަލިކޮށް ދެކުނު އެފްރިކާއިން ވަނީ ތާރީޚީ މޮޅެއް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު