އުތުރު އެމެރިކާގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ، ފީފާ ވޯލްޑް ކަޕަކީ މޮރޮކޯ ވާދަކުރާ ހަތްވަނަ މުބާރާތެވެ. އަދި މިއީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް އެގައުމުން މި މުބާރާތަށް ކޮލިފައިވި ފުރަތަމަ ފަހަރުވެސް މެއެވެ. 48 ޓީމު ވާދަކުރާ ގޮތަށް ފުޅާކޮށްފައިވާ މި މުބާރާތުގައި "އެޓްލަސް ލަޔަންސް" ގެ އަމާޒަކީ 2022 ވަނަ އަހަރުގެ ގަތަރު ވޯލްޑް ކަޕުގައި އެގައުމުން ހޯދި ތާރީޚީ ހަތަރުވަނަ މަގާމަކީ އިއްތިފާގަކުން ލިބުނު ނަތީޖާއެއް ނޫންކަން ސާބިތު ކޮށްދިނުމެވެ. ހަމައެއާއެކު މިއީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ އެއް ގައުމުގެ ގޮތުގައި މޮރޮކޯ ތައްޔާރުވަމުންދާ ދަނޑިވަޅެއްވެސް މެއެވެ.
ވޯލްޑް ކަޕް ފެށެން 100 ދުވަހަށް ވުރެ ކުޑަތަންވެފައި ވަނިކޮށް، މޮރޮކޯއިން ވަނީ ވަލީދު ރެގްރަގީގެ ބަދަލުގައި މުޙައްމަދު އުއާބީ ހެޑް ކޯޗަކަށް އައްޔަން ކޮށްފައެވެ. ބެލްޖިއަމަށް އުފަން އުމުރުން 49 އަހަރުގެ އުއާބީ ބައިނަލްއަގުވާމީ މައިދާނުގައި މަގުބޫލުކަން ހޯދީ 2025 ވަނަ އަހަރުގެ ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް އެޤައުމަށް ކާމިޔާބު ކޮށްދީގެންނެވެ. ޗިލީގައި ބޭއްވި އެ މުބާރާތުގެ ފައިނަލުގައި އާޖެންޓީނާ 2-0 އިން ބަލިކުރިއިރު، އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު އުސްމާން މާމާ އަދި ޔާސިރު ޒަބީރީ ވަނީ އެ މުބާރާތުގެ އެންމެ މޮޅު ދެ ކުޅުންތެރިންގެ މަގާމު ހޯދާފައެވެ.
ކުރީގެ ކޯޗު ރެގްރަގީގެ އިރުޝާދުގެ ދަށުން މޮރޮކޯއިން ވަނީ ހައިރާން ކުރުވަނިވި ކާމިޔާބީތަކެއް ހޯދާފައެވެ. 2022 ވަނަ އަހަރުގެ ގަތަރު ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ދަތުރުކޮށް، އެ މުބާރާތުގެ ސެމީއަށް ދިޔަ ފުރަތަމަ އެފްރިކާ ގައުމުގެ ޝަރަފު މޮރޮކޯއިން ހޯދިއެވެ. އަދި އޭގެ ފަހުން ބްރެޒިލް ފަދަ ވަރުގަދަ ޓީމެއް ބަލިކުރި ފުރަތަމަ އަރަބި ގައުމަކަށްވެސް މޮރޮކޯ ވެގެންދިޔައެވެ. ނަމަވެސް، 2023 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގައި އެދެވޭ ނަތީޖާއެއް ނުނެރެވުނު ނަމަވެސް، 2026 ގެ ވޯލްޑް ކަޕަށް މޮރޮކޯ ކޮލިފައިވީ ވަރަށް ފަސޭހަކަމާއެކުގައެވެ.
ވޯލްޑް ކަޕްގައި މޮރޮކޯގެ މެޗުތައް:
13 ޖޫން: ބްރެޒިލް ވ. މޮރޮކޯ - ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމް
19 ޖޫން: ސްކޮޓްލޭންޑް ވ. މޮރޮކޯ - ބޮސްޓަން ސްޓޭޑިއަމް
24 ޖޫން: މޮރޮކޯ ވ. ހައިޓީ - އެޓްލާންޓާ ސްޓޭޑިއަމް
މޮރޮކޯއަކީ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވި އެފްރިކާގެ ފުރަތަމަ ޓީމެވެ. އެގައުމުން ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ވާދަކުރީ 1970 ވަނަ އަހަރު މެކްސިކޯގައެވެ. އެފަހަރު ގްރޫޕް ސްޓޭޖުން ކެޓި ނަމަވެސް، ހުޅަނގު ޖަރުމަނާއި ބަލްގޭރިއާ ފަދަ ޓީމުތަކާ ދެކޮޅަށް އެގައުމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
2022 ވަނަ އަހަރުގެ ގަތަރު ވޯލްޑް ކަޕަކީ މޮރޮކޯގެ ތާރީޚުގައި އަބަދުވެސް ފާހަގަކޮށްލެވޭނެ މުބާރާތެކެވެ. އެ މުބާރާތުގެ ސެމީ ފައިނަލަށް ދިއުމުގެ މަގުމަތީގައި ބެލްޖިއަމް، ސްޕެއިން އަދި ޕޯޗުގަލް ފަދަ ދުނިޔޭގެ ބޮޑެތި ބާރުތައް އެގައުމުން ބަލިކުރިއެވެ.
މޮރޮކޯގެ ތާރީޚުގައި ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ޔޫސުފް އެން-ނެސީރީއެވެ. އޭނާ ވަނީ ޖުމްލަ ތިން ލަނޑު ވޯލްޑް ކަޕްގައި ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި 2022 ވަނަ އަހަރު ޕޯޗުގަލް ކޮޅަށް ޖެހި ތާރީޚީ ލަނޑު ހިމެނެއެވެ. މީގެ އިތުރުން އަޝްރަފް ޙަކީމީ އާއި ޙަކީމް ޒިޔެޗް އަކީ ވޯލްޑް ކަޕްގެ 10 މެޗުގައި ކުޅެގެން، މޮރޮކޯ އަދި އަރަބި ގައުމުތަކުގެ ރެކޯޑު މުގުރާލާފައިވާ ދެ ކުޅުންތެރިންނެވެ. ޒިޔެޗް ވަނީ އަރަބި ގައުމެއްގެ ކުޅުންތެރިއަކު ވޯލްޑް ކަޕްގައި ޖެހި އެންމެ އަވަސް ލަނޑުގެ ރެކޯޑުވެސް ހޯދާފައެވެ.
1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް މޮރޮކޯއިން ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. އެފަހަރު އެގައުމު ވެގެންދިޔައީ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދަތުރުކުރި އެފްރިކާގެ ފުރަތަމަ ގައުމަށެވެ. އަދި 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސްކޮޓްލޭންޑް އަތުން 3-0 އިން މޮޅުވި މެޗަކީވެސް މޮރޮކޯގެ ވޯލްޑް ކަޕް ތާރީޚުގައި ފާހަގަކޮށްލެވޭ ފަޚުރުވެރި މޮޅެކެވެ.

ކިޔުންތެރިންގެ ހިޔާލު