ހެއިޓީން 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން ފުރުސަތު ހޯދައިފިއެވެ. މިއީ 1974 ވަނަ އަހަރަށްފަހު އެ ގައުމުން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
2024 ވަނަ އަހަރުގެ މާޗް މަހު ހެއިޓީގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި ސެބަސްޓިއަން މިގްނޭ ވަނީ އެ ގައުމުގެ ކޮލިފައިން ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ފްރާންސަށް އުފަން މި ކޯޗަކީ 1990 ގެ އަހަރުތަކުގެ ފަހުކޮޅު އިންގްލެންޑުގެ ދަށް ޑިވިޜަންތަކުގައި ކުޅެފައިވާ ކުޅުންތެރިއެކެވެ.
އުމުރުން އެންމެ 26 އަހަރުގައި ކޯޗިންގެ ދާއިރާއަށް ނުކުމެ، މިގްނޭ ވަނީ ފްރާންސުގެ އެކި ކްލަބުތަކުގައި މަސައްކަތް ކޮށްފައެވެ. އޭގެ ފަހުން އޮމާން، ކޮންގޯ ޑީއާރު، ކޮންގޯ އަދި ޓޯގޯ ފަދަ ގައުމީ ޓީމުތަކުގައި މަސައްކަތް ކުރުމަށްފަހު، ކެންޔާގެ ގައުމީ ޓީމު 15 އަހަރަށްފަހު ފުރަތަމަ ފަހަރަށް އެފްރިކާ ކަޕް އޮފް ނޭޝަންސްއަށް ކޮލިފައިކޮށްދިނެވެ. އަދި ކެމަރޫންގެ އެސިސްޓަންޓް ކޯޗުކަން ކުރުމަށްފަހު ހޭއިޓީއާ ހަވާލުވެ، އެ ގައުމަށް ބޮޑު ކާމިޔާބީއެއް ހޯދައިދިނެވެ.
"މިއީ ވަރަށް ޝައުގުވެރި މަޝްރޫއެއް. ހެއިޓީއަކީ ފުޓްބޯޅައިގެ ފަޚުރުވެރި ތާރީޚެއް އޮތް ގައުމެއް." މަގާމާ ހަވާލުވުމަށްފަހު މިގްނޭ ބުންޏެވެ. "އަހަރެމެންގެ އަމާޒަކީ މި ކުޅުންތެރިންނާއެކު އައު ސަފުހާއެއް ލިޔުން. އެއީ ވޯލްޑް ކަޕަށް ކޮލިފައިވުން."
ހެއިޓީގެ ވޯލްޑް ކަޕްގެ މެޗުތައް:
13 ޖޫން: ހޭއިޓީ އާއި ސްކޮޓްލޭންޑް - ބޮސްޓަން ސްޓޭޑިއަމް
19 ޖޫން: ބްރެޒިލް އާއި ހޭއިޓީ - ފިލަޑެލްފިއާ ސްޓޭޑިއަމް
24 ޖޫން: މޮރޮކޯ އާއި ހޭއިޓީ - އެޓްލާންޓާ ސްޓޭޑިއަމް
ކޮންކާކަފް ކޮލިފައިންގައި ހެއިޓީން ވަނީ ދެ ބުރެއް ކާމިޔާބުކަމާއެކު ނިންމާލާފައެވެ. ދެވަނަ ބުރުގައި ގްރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައި ކުރިއަށް ދިޔައިރު، ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވިއެވެ. ތިންވަނަ ބުރުގައި ކޮސްޓަރީކާ އާއި ހޮންޑިއުރަސް ފަދަ ވަރުގަދަ ޓީމުތަކާ ވާދަކޮށް، ހެއިޓީން ވަނީ ގްރޫޕްގެ އެއްވަނަ ހޯދާފައެވެ. މި ކާމިޔާބީއާއެކު 1974 ގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުން ޖާގަ ކަށަވަރުވިއެވެ.
ހެއިޓީން މީގެ ކުރިން ވޯލްޑް ކަޕްގައި ވާދަކުރީ ހަމައެކަނި 1974 ވަނަ އަހަރުއެވެ. އެ ފަހަރުގެ މުބާރާތުގައި އިޓަލީ، އާޖެންޓީނާ އަދި ޕޮލެންޑާއެކު ވަރުގަދަ ގްރޫޕެއްގައި ހިމެނި، ކުޅުނު ތިން މެޗުންވެސް އެ ގައުމުވީ ބައްޔެވެ. ނަމަވެސް، އެ މުބާރާތުގައި އިޓަލީގެ މަޝްހޫރު ގޯލްކީޕަރު ޑީނޯ ޒޮފް ބައިކޮޅަށް ގޯލެއް ވަނަނުދީ ދެމެހެއްޓި ރެކޯޑް، ހެއިޓީގެ އެމަނުއަލް ސަނޯން ވަނީ ނިމުމަކަށް ގެނެސްފައެވެ.
ސަނޯންއަކީ މިހާތަނަށް ވޯލްޑް ކަޕެއްގައިެހޭއިޓީއަށް ލަނޑު ޖަހައިދިން ހަމައެކަނި ކުޅުންތެރިޔާއެވެ. އޭނާ ވަނީ 1974 ގެ މުބާރާތުގައި ދެ ލަނޑު ޖަހާފައެވެ. "އެންމެންވެސް ސުވާލުކުރަމުން ދިޔައީ ޑީނޯ ޒޮފް ބަލިކުރާނީ ކޮން ކުޅުންތެރިއެއްތޯ. އެއީ ހޭއިޓީގެ ކުޅުންތެރިއަކަށް ވެދާނެ ކަމަކަށް އެކަކުވެސް ގަބޫލެއް ނުކުރޭ." ސަނޯން ބުނެފައިވެއެވެ.
1974 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިން މެޗުގައިވެސް ކުޅުމުގެ ޝަރަފު ހޭއިޓީގެ ހަތް ކުޅުންތެރިއަކު ހޯދިއެވެ. އެއީ އެޑީ އެންޓޮއިން، ޕިއޭ ބަޔޯން، ޖީން-ކްލޯޑް ޑެސިރް، ހެންރީ ފްރެންސިލަން، ސަނޯން، ވޯބޭ އަދި ކެޕްޓަން ވިލްނަރ ނަޒެއިރެވެ.

ކިޔުންތެރިންގެ ހިޔާލު