މާލެ އާއި ތިލަފުށި ގުޅާލުމަށް އަޅަމުންދާ ބްރިޖުގެ މަސައްކަތް ހަލުވިކަމާއެކު ނިންމަވަމުން ގެންދަވާތީ، ބައެއް ފަރާތްތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހަސަދަވެރިވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުޙައްމަދު (އިއްބެ ޖަނާބް) ވިދާޅުވެއްޖެއެވެ.
މެމްބަރު އިއްބެ ޖަނާބް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުޢިއްޒާ ވަކި ބަޔަކު ހަސަދަވެގެން، ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ އަސްލު ސަބަބަކީ ރާއްޖޭގެ ބޮޑެތި ދަރަނިތައް އެމަނިކުފާނު ދައްކަވައިދެއްވަމުން ގެންދަވާތީ ކަމަށެވެ. އަދި ކުރިއަށް އޮތް ޖީލުތަކަށް އިގްތިސާދީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ބައެއް ފަރާތްތަކަށް ބަލައިގަންނަން އުނދަގޫ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ޚާއްޞަކޮށް، ކުރީގެ ސަރުކާރުން ފަށާފައިވާ ތިލަމާލެ ބްރިޖުގެ މަސައްކަތް މި ސަރުކާރުން ހަލުވި މިނެއްގައި ކުރިއަށްގެންގޮސް ނިންމާލުމަކީ ބައެއް ފަރާތްތަކަށް ކެތްކުރަން ދަތި ކަމަކަށް ވެފައިވާ ކަމަށް އިއްބެ ޖަނާބް ފާހަގަކުރެއްވިއެވެ. މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ބްރިޖުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، ނުނިމި މިހާރު އިނީ "ޗޮކްލެޓް ބާރއެއްވަރުގެ" ކުޑަ ތަންކޮޅެއް ކަމަށެވެ. މިއީ ބްރިޖުގެ މަސައްކަތް ނިންމުމާ ވަރަށް ގާތްވެފައިވާކަން ހާމަކޮށްދިނުމުގެ ގޮތުން އޭނާ ބޭނުންކުރެއްވި މިސާލެކެވެ.
މި ސަރުކާރުން ބްރިޖުގެ މަސައްކަތް އަވަސްކޮށް، ކަނޑައެޅިފައިވާ ތާރީޚަށް މަޝްރޫޢު ނިންމުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަމުންދާކަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވެސް ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ މި ބްރިޖުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމައި، ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު