ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަކީ މިހާރު ޓިއުނީޝިއާއަށް އައު ކަމެއް ނޫނެވެ. "އީގަލްސް އޮފް ކާތޭޖް" ގެ ނަމުން މަޝްހޫރުވެފައިވާ ޓިއުނީޝިއާގެ ގައުމީ ޓީމުން ވަނީ، 2026 ވަނަ އަހަރު އުތުރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕުން ޖާގަ ކަށަވަރުކޮށް، ދުނިޔޭގެ ފެންވަރުގައި އެ ގައުމުގެ މަގާމު އިތުރަށް ވަރުގަދަ ކޮށްފައެވެ.
މިއީ އެ ގައުމުން ވޯލްޑް ކަޕްގައި ވާދަކުރާ ހަތްވަނަ ފަހަރެވެ. އަދި މިއީ ޖެހިޖެހިގެން ކޮލިފައިވި ތިންވަނަ ފަހަރު ކަމަށްވާއިރު، 21 ވަނަ ގަރުނުގައި ބޭއްވުނު ހަތް ވޯލްޑް ކަޕްގެ ތެރެއިން ފަސް މުބާރާތަކަށް އެ ގައުމު ވަނީ ކޮލިފައިވެފައެވެ. މިހާތަނަށް ގްރޫޕް ސްޓޭޖުން ކުރިއަށް ނުދެވުނު ނަމަވެސް، ފަހަކަށް އައިސް މުބާރާތްތަކުގައި ބައިވެރިވުމުގެ ސަބަބުން ލިބިފައިވާ ތަޖުރިބާއަކީ، ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައި ބާއްވާ މުބާރާތުގައި އެ ހުރަސްތައް ގިރާކުރުމަށް ލިބޭނެ ވަރަށް ބޮޑު ބާރެކެވެ.
2025 ވަނަ އަހަރުގެ އެފްކޯން މުބާރާތަށްފަހު ސާމީ ޠަރާބުލްސީ ވަކިވުމާ ގުޅިގެން، ޓިއުނީޝިއާ ޓީމުގެ އިރުޝާދު ދޭނީ ލަމޫޝީއެވެ. ފްރާންސްގެ ގައުމީ ޓީމަށް ކުރިން ކުޅުނު އުމުރުން 54 އަހަރުގެ ލަމޫޝީއަކީ ވޯލްޑް ކަޕްގެ ތަޖުރިބާ ހުރި ކޯޗެކެވެ. އޭނާ ވަނީ 2014 ވަނަ އަހަރުގެ ބްރެޒިލް ވޯލްޑް ކަޕްގައި ކޯޓްޑިވޯއާ (އައިވަރީ ކޯސްޓް) އަށް އިރުޝާދު ދީފައެވެ.
ޓިއުނީޝިއާގެ 2026 ގެ ވޯލްޑް ކަޕް ތާވަލާއި ގްރޫޕް:
14 ޖޫން: ސްވިޑަން އާއި ޓިއުނީޝިއާ - އެސްޓާޑިއޯ މޮންޓެރޭ
20 ޖޫން: ޓިއުނީޝިއާ އާއި ޖަޕާން - އެސްޓާޑިއޯ މޮންޓެރޭ
25 ޖޫން: ޓިއުނީޝިއާ އާއި ނެދަލޭންޑްސް - ކެންސަސް ސިޓީ ސްޓޭޑިއަމް
ލަމޫޝީ ވަނީ 2025 ގެ އެފްކޯންގައި ކުޅުނު ސްކޮޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އައު ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައެވެ. އޭގެ ތެރޭގައި ރާނީ ހެދީރާ ފުރަތަމަ ފަހަރަށް ރަސްމީ މުބާރާތެއްގައި ޓިއުނީޝިއާ ތަމްސީލުކުރާއިރު، ހަލީލް އައްޔާރީ، ރާއިދު ޝިހާވީ، ރަޔާން އައްލޫމީ އަދި އުމަރު ރަގީގު ވެސް ވަނީ ސްކޮޑުގައި ހިމަނާފައެވެ.
ޓިއުނީޝިއާގެ ކޮލިފައިން ދަތުރު ފެށީ ވަރަށް ވަރުގަދަކޮށެވެ. ފައުޒީ ބެންޒަރުތީގެ އިރުޝާދުގެ ދަށުން ތިން މޮޅާއި އެއް އެއްވަރު ހޯދުމަށްފަހު، ސާމީ ޠަރާބުލްސީ ޓީމާ ހަވާލުވުމުން ޓީމުގެ ކުޅުން އިތުރަށް ވަރުގަދަވިއެވެ. އެގޮތުން ޖެހިޖެހިގެން ހަ މެޗުން މޮޅުވެ، ކޮލިފައިން ގްރޫޕުގެ އެއްވަނަ ހޯދީ ލިބެން އޮތް 30 ޕޮއިންޓުގެ ތެރެއިން 28 ޕޮއިންޓް ކަށަވަރުކޮށްގެންނެވެ. ޓިއުނީޝިއާ ކޮލިފައިންގައި ކުޅުނު 10 މެޗުގައި ވެސް އެ ޓީމު ކޮޅަށް އެއްވެސް ލަނޑެއް ވަދެފައެއް ނުވެއެވެ. މިއީ އެ ޓީމުގެ ޑިފެންސާއި ރޭވުންތެރިކަން ހުރި މިންވަރު ދައްކުވައިދޭ ކަމެކެވެ.
އެ ގައުމުގެ ކޮލިފިކޭޝަން ރަސްމީކޮށް ކަށަވަރުވީ ސެޕްޓެމްބަރު މަހުގެ ބައިނަލްއަގުވާމީ ބްރޭކުގައި، އިކުއެޓޯރިއަލް ގިނީއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު މުހައްމަދު އަލީ ބެން ރަމްޟާން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ޓިއުނީޝިއާގެ ވޯލްޑް ކަޕްގެ ތާރީހަށް ބަލާއިރު، އެންމެ ކާމިޔާބު މުބާރާތަކީ ފުރަތަމަ ފަހަރަށް ބައިވެރިވި 1978 ވަނަ އަހަރުގެ އާޖެންޓީނާ ވޯލްޑް ކަޕެވެ. އެ ފަހަރު އެފްރިކާ ބައްރުން ބައިވެރިވި ހަމައެކަނި ގައުމަކީ ވެސް ޓިއުނީޝިއާއެވެ. ރޮސާރިއޯގައި 17،000 އެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި މެކްސިކޯ އަތުން 3-1 އިން މޮޅުވެ، އެ ގައުމުން ތާރީހީ ނަތީޖާއެއް ހޯދިއެވެ. ފުރަތަމަ ހާފުގައި ޕެނަލްޓީއަކުން މެކްސިކޯ ލީޑު ނެގި ނަމަވެސް، އަލީ ކައާބީ، ނަޖީބު ޣޮމީދު އަދި މުޚްތާރު ޛުވައިބު ޖެހި ލަނޑުތަކުން ޓިއުނީޝިއާ މެޗު ކާމިޔާބުކުރިއެވެ.
މި މޮޅާއެކު ސަޕޯޓަރުންގެ އުންމީދުތައް އުފުލިގެން ދިޔައެވެ. ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން ބަލިވި ނަމަވެސް، އެ ޓީމުން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައެވެ. އަދި ތިންވަނަ މެޗުގައި އޭރުގެ ޗެމްޕިއަން ހުޅަނގު ޖަރުމަނާ ދެކޮޅަށް ކުޅެ، އެއްވެސް ލަނޑެއް ނުޖެހި މެޗު އެއްވަރުކުރިއެވެ. ގްރޫޕް ސްޓޭޖުން އެ ފަހަރު ކެޓި ނަމަވެސް، ޓިއުނީޝިއާ ވެގެންދިޔައީ ވޯލްޑް ކަޕް މެޗަކުން މޮޅުވި އެފްރިކާގެ ފުރަތަމަ ގައުމަށެވެ.
2022 ވަނަ އަހަރުގެ ގަތަރު ވޯލްޑް ކަޕްގައި ޓިއުނީޝިއާ ހިމެނުނީ ވަރުގަދަ ގްރޫޕެއްގައެވެ. އޭގެ ތެރޭގައި އޭރުގެ ޗެމްޕިއަން ފްރާންސްގެ އިތުރުން ޑެންމާކް އަދި އޮސްޓްރޭލިއާ ހިމެނުނެވެ. ޖަލާލް ގާދިރީގެ އިރުޝާދުގެ ދަށުން ކުޅުނު ޓީމަށް އޮތް އުންމީދު ފަނޑު ނަމަވެސް، ފުރަތަމަ މެޗުގައި ޑެންމާކާ އެއްވަރުކޮށް އެ ޓީމުން ސިއްސުވާލިއެވެ. ދެވަނަ މެޗުގައި އޮސްޓްރޭލިއާ އަތުން ބަލިވުމުން ގްރޫޕުން ކުރިއަށް ދިއުމުގެ ފުރުސަތު ހަނިވި ނަމަވެސް، ފަހު މެޗުގައި ފްރާންސް އަތުން 1-0 އިން މޮޅުވެ، ބޮޑު ކާމިޔާބީއެއް ހޯދިއެވެ. މި ލަނޑު ޖަހައިދިނީ 58 ވަނަ މިނެޓުގައި ވަހްބީ ޚަޒްރީއެވެ. ނަމަވެސް، އޮސްޓްރޭލިއާ ޑެންމާކް އަތުން މޮޅުވުމުން، ތިންވަނައިގައި އޮވެ ޓިއުނީޝިއާއަށް ޖެހުނީ މުބާރާތާ ވަކިވާށެވެ.
ވޯލްޑް ކަޕްގެ ތާރީހުގައި ޓިއުނީޝިއާއިން ޖެހި 14 ލަނޑުގެ ތެރެއިން، ތިން ލަނޑާއެކު އެންމެ ކުރީގައި އުޅެނީ ވަހްބީ ޚަޒްރީއެވެ. 2018 އަދި 2022 ގެ ވޯލްޑް ކަޕްގައި އޭނާ ވަނީ މުހިންމު ލަނޑުތަކެއް ޖަހާފައެވެ. މީގެ އިތުރުން، ގައިސް ޣުޟްބާން އަދި ރިޔާޟް ބޫއަޒީޒީއަކީ ވޯލްޑް ކަޕްގައި އެންމެ ގިނަ މެޗު (ކޮންމެ ކުޅުންތެރިއަކު 8 މެޗު) ކުޅެދީފައިވާ ދެ ކުޅުންތެރިންނެވެ.
މިހާތަނަށް ގްރޫޕް ސްޓޭޖުން ކުރިއަށް ނުދެވުނު ނަމަވެސް، ޓިއުނީޝިއާއަކީ ވޯލްޑް ކަޕްގައި ތާރީހީ އަދި ހަނދާނުން ފޮހެލަން ދަތި މޮޅުތަކެއް ހޯދާފައިވާ ގައުމެކެވެ. 1978 ގައި މެކްސިކޯ އަތުން ހޯދި މޮޅަކީ އެފްރިކާގެ ފުޓްބޯޅައަށް އައު އުންމީދުތަކެއް ގެނުވައިދިން ކާމިޔާބީއެކެވެ. އަދި 2022 ގައި ފްރާންސް ބަލިކުރުމަކީ އެ ޓީމުގެ ރޫހާއި ވަރުގަދަކަން މުޅި ދުނިޔެއަށް ސާބިތުކޮށްދިން ކަމެކެވެ. އެންމެ ފާހަގަކޮށްލެވޭ ނަތީޖާއަކީ އަދިވެސް 1978 ގެ އެ ތާރީހީ މޮޅެވެ. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެ ޓީމުން ކުރިމަތިލަނީ މިފަދަ އައު ތާރީހެއް ލިޔުމުގެ އަޒުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު