އެންމެ ފަހުން ބޭއްވި ފިފާ ވޯލްޑް ކަޕުން ފުރުޞަތު ގެއްލުމަށްފަހު، މިޞްރުގެ ޤައުމީ ޓީމުން ވަނީ ވަރުގަދަ ހިތްވަރަކާއެކު ހަތަރުވަނަ ފަހަރަށް މި މުބާރާތުން ޖާގަ ހޯދާފައެވެ. ކޮލިފައިން ބުރުގައި ބަލިނުވެ، ވަރުގަދަ ދިފާޢީ ކުޅުމަކާއި ތަޖުރިބާކާރު ކުޅުންތެރިންގެ އެހީގައި ގްރޫޕުގެ އެއްވަނަ ހޯދައިގެން މިޞްރުން ވަނީ މުބާރާތުގެ ޖާގަ ކަށަވަރުކޮށްފައެވެ.
މި މުބާރާތަކީ އެފްރިކާ އާއި ޢަރަބި ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބާރުގެ ގޮތުގައި މިޞްރުގެ މަޤާމު ދެމެހެއްޓުމަށް ލިބޭ ރަން ފުރުޞަތެކެވެ. ދުނިޔޭގެ ފެންވަރުގެ ތަރި މުޙައްމަދު ޞަލާޙް އިސްވެ ހުރެ، ތަޖުރިބާކާރު ކުޅުންތެރިންނާއި ޢުމަރު މަރުމޫޝް، ޓްރެޒެގޭ އަދި މުޞްޠަފާ މުޙައްމަދު ފަދަ ހުނަރުވެރި ޒުވާން ކުޅުންތެރިންގެ އެހީގައި މިޞްރުން ނުކުންނަނީ ކާމިޔާބީގެ އުންމީދުގައެވެ.
މިސްރުގެ ކޯޗަކީ ކުޅުންތެރިއެއްގެ ގޮތުގައި ވިދާލި ޙުސާމް ޙަސަންއެވެ. އޭނާ އަކީ މިޞްރުގެ ފުޓްބޯޅަ ތާރީޚުގައި އުފެދުނު އެންމެ މޮޅު ލަނޑުޖެހުންތެރިޔާގެ އިތުރުން، މިހާރު ފާހަގަކޮށްލެވޭ ކާމިޔާބު ކޯޗެކެވެ. 2008 ވަނަ އަހަރު ކޯޗިންގް ދާއިރާއަށް ނުކުމެ، އަލް މަޞްރީ، ޒަމާލެކް އަދި އިސްމާއީލީ ފަދަ ބޮޑެތި ކްލަބުތަކަށް އިރުޝާދުދީ، އޭނާ ވަނީ ޓީމުތަކުގައި ވަރުގަދަ ރޫޙެއް އުފައްދާފައެވެ.
ޕޯޗުގަލްގެ ކޯޗު ރޫއީ ވިޓޯރިއާއަށްފަހު ފެބްރުއަރީ 2024 ގައި މިޞްރުގެ ޤައުމީ ޓީމާ ޙަވާލުވެ، ޙުސާމް ޙަސަން ވަނީ ޓީމުގެ ހަނގުރާމަވެރި ރޫޙު އާލާކޮށްފައެވެ. އޭނާގެ އިރުޝާދުގެ ދަށުން މިޞްރުން ވަނީ 91 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ކޮލިފައިންގައި ބަލިނުވެ 2026 ގެ ވޯލްޑް ކަޕަށް ދަތުރުކޮށްފައެވެ.
މިޞްރުގެ ވޯލްޑް ކަޕް 2026 ގެ މެޗުތައް:
15 ޖޫން: ބެލްޖިއަމް އާއި މިޞްރު - ސިއެޓްލް ސްޓޭޑިއަމް
21 ޖޫން: ނިއުޒިލޭންޑް އާއި މިޞްރު - ބީސީ ޕްލޭސް ވެންކޫވަރ
26 ޖޫން: މިޞްރު އާއި އީރާން - ސިއެޓްލް ސްޓޭޑިއަމް
ޙުސާމް ޙަސަންގެ ސްކޮޑުގައި ހިމެނޭ މުހިންމު ތަރިންގެ ތެރޭގައި ލިވަޕޫލްގެ މުޙައްމަދު ޞަލާޙް، މެންޗެސްޓަރ ސިޓީގެ ޢުމަރު މަރުމޫޝް، އަލް އަހްލީގެ ޓްރެޒެގޭ އަދި ނީސްގެ މުޙައްމަދު ޢަބްދުލް މުނިމް ހިމެނެއެވެ.
މިޞްރުން ވޯލްޑް ކަޕްގެ ޖާގަ ހޯދީ އެފްރިކާ ބައްރުގެ ކޮލިފައިން ގްރޫޕް 'އޭ' ގެ އެއްވަނަ ހޯދައިގެންނެވެ. ބުރުކީނާ ފާސޯ، ސިއެރާ ލިއޯން، ގިނީ ބިސާއޫ، އިތިއޯޕިއާ އަދި ޖިބޫތީ ހިމެނުނު މި ގްރޫޕުގައި ކުޅުނު 10 މެޗުގެ ތެރެއިން 8 މެޗުން މޮޅުވެ، 2 މެޗު އެއްވަރުކޮށްގެން ޖުމްލަ 26 ޕޮއިންޓާއެކު މިޞްރުން ވަނީ ފަސޭހަކަމާއެކު ކޮލިފައިވެފައެވެ. މި ކޮލިފައިންގައި މިޞްރުން ޖުމްލަ 20 ލަނޑު ޖެހިއިރު، އޭގެ ތެރެއިން 9 ލަނޑު ޖަހައިދިނީ މުޙައްމަދު ޞަލާޙެވެ. މުޅި ބުރުގައި ބައިކޮޅަށް ވަނީ އެންމެ 2 ލަނޑެވެ.
1930 ވަނަ އަހަރު އުރުގުއާއީގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕްގައި ބައިވެރިވުމުގެ ދަޢުވަތު މިޞްރަށް ލިބުނު ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރުކުރާ ބޯޓަށް ނޭރުމުން އެ ފުރުޞަތު ގެއްލުނެވެ. ނަމަވެސް 1934 ގައި އިޓަލީގައި ބޭއްވި މުބާރާތުގައި ބައިވެރިވެ، ވޯލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ އެފްރިކާ އަދި ފުރަތަމަ ޢަރަބި ޤައުމުގެ ޝަރަފު މިޞްރުން ހޯދިއެވެ.
28 އަހަރުގެ މެދުކެނޑުމަކަށްފަހު، 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕަށް މިޞްރު އެނބުރި އައީ އާޖެންޓީނާގެ ކޯޗު ހެކްޓަރ ކޫޕަރގެ އިރުޝާދުގެ ދަށުންނެވެ. އަނިޔާގެ ސަބަބުން ފުރަތަމަ މެޗުގައި ޞަލާޙަށް ނުކުޅެވުނު ނަމަވެސް، ދެވަނަ މެޗުގައި އޭނާ ވަނީ ލަނޑެއް ޖަހައިދީފައެވެ. މިއީ 28 އަހަރުގެ ތެރޭގައި ވޯލްޑް ކަޕެއްގައި މިޞްރުން ޖެހި ފުރަތަމަ ލަނޑެވެ.
ވޯލްޑް ކަޕްގައި މިޞްރަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި ދެ ލަނޑާއެކު އޮތީ ޢަބްދުއްރަޙްމާން ފައުޒީ އާއި މުޙައްމަދު ޞަލާޙެވެ. 1934 ގައި ފައުޒީ ދެ ލަނޑު ޖެހިއިރު، ޞަލާޙް ވަނީ 2018 ގެ މުބާރާތުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ކުރިއަށް އޮތް 2026 ގެ މުބާރާތަކީ މި ރެކޯޑް އަމިއްލަ ނަމަށް ބަދަލުކޮށްލަން ޞަލާޙަށް ލިބޭނެ ރަނގަޅު ފުރުޞަތެކެވެ.
މިޞްރުގެ ފުޓްބޯޅަ ތާރީޚުގައި ވޯލްޑް ކަޕުން ފުރުޞަތު ލިބުނީ މަދު ފަހަރަކު ނަމަވެސް، ކޮންމެ ފަހަރަކީވެސް ފާހަގަކޮށްލެވޭ ހަނދާންތަކެއް އާކޮށްދޭ މުބާރާތެކެވެ. 1990 ވަނަ އަހަރު ޔޫރަޕްގެ ޗެމްޕިއަން ނެދަލޭންޑްސްއާ ކުޅެ 1-1 އިން އެއްވަރުކޮށް ހޯދި ޕޮއިންޓާއި، މަޖްދީ ޢަބްދުލްޣަނީ ޖެހި ލަނޑަކީ މިޞްރުގެ ސަޕޯޓަރުންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެންދާނެ ހަނދާންތަކެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު