ސްޕެއިންގެ ޤައުމީ ފުޓްބޯޅަ ޓީމު މިހާރު ތައްޔާރުވަމުންދަނީ އެ ޤައުމުން ވާދަކުރާ 17 ވަނަ ފީފާ ވޯލްޑް ކަޕަށެވެ. އެންމެ ފަހުން ޤަޠަރުގައި ބޭއްވުނު މުބާރާތުގެ ގަދަ 16 އިން ކެޓުމާ ގުޅިގެން ލިބުނު މާޔޫސްކަން ފިލުވާލައި، އައު އުއްމީދުތަކަކާއެކު ސްޕެއިން މިހާރު އަމާޒު ހިފާފައިވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށެވެ. ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައި ބޭއްވޭ މި މުބާރާތަކީ ތިން ޤައުމެއްގައި ބޭއްވޭ ފުރަތަމަ ބޮޑު މުބާރާތެވެ.
ލުއިސް ޑެލާ ފުއެންޓޭގެ އިރުޝާދުގެ ދަށުން ކުޅޭ ސްޕެއިން ޓީމު މި މުބާރާތާ ކުރިމަތިލަނީ ވަރަށް ވަރުގަދަ އަޒުމަކާ އެކުގައެވެ. ޔޫރޯ 2024 ކާމިޔާބުކޮށް، އަދި 2024-25 ގެ ނޭޝަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައިވާތީ، މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ޓީމުތަކުގެ ތެރޭގައި ސްޕެއިން ހިމެނެއެވެ. ކޮލިފައިންގައި ވެސް އެ ޓީމުން ވަނީ އާދަޔާޚިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. ސްޕެއިންގެ މިހާރުގެ އަމާޒަކީ އެ ޤައުމުގެ ރަންޖީލުން 2010 ވަނަ އަހަރު ހޯދި ފަދަ ކާމިޔާބީއެއް ތަކުރާރުކޮށް، ދެވަނަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި އުފުލާލުމެވެ.
2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޓީމާ ހަވާލުވި ޑެލާ ފުއެންޓޭއަކީ ސްޕެއިންގެ ޒުވާން ޓީމުތަކާއެކު ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެކެވެ. އޭނާ ޓީމާ ހަވާލުވީ ޤަޠަރު ވޯލްޑް ކަޕުން މޮރޮކޯ އަތުން ބަލިވެ ސްޕެއިން ކެޓުމާ ގުޅިގެން ލުއިސް އެންރީކޭ މަގާމުން ވަކިވުމުންނެވެ.
ޑެލާ ފުއެންޓޭގެ އިރުޝާދުގެ ދަށުން ސްޕެއިން ކުޅެނީ ބޯޅަ ހިފަހައްޓައިގެން ކުޅުމުގެ އިތުރުން، ވަރަށް ހަލުވިކަމާއެކު ކައުންޓަރ އެޓޭކް ކުރެވޭ ފަދަ ފްލެކްސިބަލް ގޮތަކަށެވެ. އޭނާ ވަނީ ޕައު ކުބާސީ، ޑީން ހައިސެން، ނިކޯ ވިލިއަމްސް އަދި ލަމީން ޔަމާލް ފަދަ ހުނަރުވެރި ޒުވާން ކުޅުންތެރިންގެ ބޭނުން ހިފާ، ސްޕެއިން އަލުން ދުނިޔޭގެ އެންމެ ކުރިއަށް ގެންގޮސްދީފައެވެ.
ސްޕެއިންގެ 2026 ވޯލްޑް ކަޕް މެޗުތައް:
15 ޖޫން: ސްޕެއިން - ކޭޕް ވާޑޭ (އެޓްލާންޓާ ސްޓޭޑިއަމް)
21 ޖޫން: ސްޕެއިން - ސައުދީ އަރަބިއްޔާ (އެޓްލާންޓާ ސްޓޭޑިއަމް)
26 ޖޫން: އުރުގުއޭ - ސްޕެއިން (އެސްޓާޑިއޯ ގުއަޑަލަހާރާ)
މިހާރުގެ ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ޓީމުގައި ރޮޑްރީ، ލަމީން ޔަމާލް އަދި ނިކޯ ވިލިއަމްސް ފަދަ މުހިންމު ކުޅުންތެރިން ހިމެނޭއިރު، ސްޕެއިން ލީގުގެ ޗެމްޕިއަން ބާސެލޯނާގެ އަށް ކުޅުންތެރިއަކު ސްކޮޑުގައި ހިމެނެއެވެ. ޤަޠަރުގެ ނާކާމިޔާބީއަށްފަހު ސްޕެއިން ވަނީ ކޮލިފައިންގައި ބަލްގޭރިއާ އަދި ޖޯޖިއާގެ މައްޗަށް ކުރިހޯދައި، ވަރަށް ފަސޭހަކަމާއެކު މުބާރާތުން ޖާގަ ކަށަވަރުކޮށްފައެވެ.
ސްޕެއިންގެ ފުޓްބޯޅަ ތާރީޚަށް ބަލާއިރު، 2010 ވަނަ އަހަރުގެ ކާމިޔާބީއަކީ ފާހަގަކޮށްލެވޭ ރަން ކާމިޔާބީއެކެވެ. ވިސެންޓޭ ޑެލް ބޮސްކޭގެ އިރުޝާދުގެ ދަށުން، 'ޓިކީ-ޓާކާ' ސްޓައިލަށް ކުޅުނު އެ ޓީމުގައި ޒަވީ، އިނިއެސްޓާ، ބުސްކެޓްސް، ޕުޔޯލް، ކަސިއަސް އަދި ރާމޯސް ފަދަ ދުނިޔޭގެ ފެންވަރުގެ ތަރިން ހިމެނުނެވެ.
ނަމަވެސް 2022 ގެ ވޯލްޑް ކަޕަކީ ސްޕެއިންއަށް ހިތި ތަޖުރިބާއެކެވެ. ފުރަތަމަ މެޗުގައި ކޮސްޓަރީކާ އަތުން 7-0 އިން މޮޅުވި ނަމަވެސް، ފަހުން ކުޅުނު މެޗުތަކުގައި އެދެވޭ ނަތީޖާއެއް ނެރެވޭގޮތެއް ނުވިއެވެ. މޮރޮކޯއާ ދެކޮޅަށް ކުޅުނު ގަދަ 16 ގެ މެޗުގައި ލަނޑެއް ނުޖެހި އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން ސްޕެއިން މުބާރާތުން ވަކިވާން ޖެހުނެވެ.
ސްޕެއިންގެ ވޯލްޑް ކަޕް ތާރީޚުގައި އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ޑޭވިޑް ވިއާއެވެ. އޭނާ ވަނީ 9 ލަނޑު ޖަހާފައެވެ. އޭގެ ފަހަތުން ރައުލް ގޮންޒާލޭޒް، ފެނާންޑޯ މޮރިއެންޓޭސް، ފެނާންޑޯ ހިއެރޯ އަދި އެމީލިއޯ ބުޓްރަގޭނިއޯ ކޮންމެ ކުޅުންތެރިއަކު 5 ލަނޑު ޖަހާފައިވެއެވެ.
އެންމެ ގިނަ ވޯލްޑް ކަޕް މެޗު ކުޅުމުގެ ރެކޯޑް ހިއްސާކުރަނީ އިކާ ކަސިއަސް، ސާޖިއޯ ރާމޯސް އަދި ސާޖިއޯ ބުސްކެޓްސްއެވެ. މީގެ ތެރެއިން ކޮންމެ ކުޅުންތެރިއަކު ވަނީ 17 މެޗު ކުޅެފައެވެ. ސްޕެއިންގެ ފުޓްބޯޅަ ތާރީޚުގައި 2010 ވަނަ އަހަރު ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު ފައިނަލްގައި އިނިއެސްޓާ ޖެހި ލަނޑަކީ އެންމެ ޚާއްޞަ ލަނޑެވެ. އެ ލަނޑާއެކު ސްޕެއިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދިއިރު، އެއީ މުޅި ދުނިޔެއަށް އެ ޤައުމުގެ ފުޓްބޯޅަ ފަލްސަފާ ދައްކާލި މުބާރާތެކެވެ. މީގެ އިތުރުން 1950 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން ހޯދި ހަތަރުވަނަ މަގާމަކީ ވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

ކިޔުންތެރިންގެ ހިޔާލު