ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދެ ޕާޓީއެއް ފިޔަވައި އެހެން ހުރިހާ ޕާޓީތަކުން މިދިޔަ އަހަރުގެ އަހަރީ އޮޑިޓް ރިޕޯޓް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުން، ކޮންމެ މީލާދީ އަހަރެއް ނިމޭތާ 90 ދުވަހުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް ޕާޓީގެ ހިސާބުތައް އޮޑިޓްކޮށް، އެ ރިޕޯޓު އިލެކްޝަންސް ކޮމި
ޝަނަށާއި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންޖެހެއެވެ. ނިމިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވެފައިވަނީ މިދިޔަ މޭ މަހުގެ 20 ވަނަ ދުވަހަށެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި، ގާނޫނީ މުއްދަތުގެ ތެރޭގައި ރިޕޯޓް ހުށަހަޅާފައިވަނީ އެންމެ ހަތަރު ޕާޓީއަކުންނެވެ. އެއީ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް.ޑީ.އޭ)، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)، ޖުމްހޫރީ ޕާޓީ (ޖޭ.ޕީ) އަދި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީ.އެން.އެފް) އެވެ.
މިހާތަނަށް ރިޕޯޓް ހުށަހަޅާފައި ނުވަނީ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމް.އެން.ޕީ) އިންނެވެ. މީގެ އިތުރުން، އިދިކޮޅު މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން އޮޑިޓް ރިޕޯޓް ހުށަހަޅާފައިވަނީ މުއްދަތު ހަމަވި ފަހުން، ޖޫން މަހުގެ 4 ވަނަ ދުވަހު ކަމަށް އީސީން ބުނެއެވެ.
ގާނޫނުގައިވާ ގޮތުން، ކަނޑައެޅިފައިވާ 90 ދުވަހުގެ ތެރޭގައި އޮޑިޓް ރިޕޯޓް ހުށަނާޅާ ޕާޓީތައް 50,000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެއެވެ. ޖޫރިމަނާ ކުރަން ނިންމައިފިނަމަ، އެކަން 15 ދުވަހުގެ ތެރޭގައި ޕާޓީއަށް އަންގަންޖެހޭނެއެވެ. އަދި އެ އެންގުން އަންގާތާ އެއް މަސް ދުވަހުގެ ތެރޭގައި ޕާޓީން ޖޫރިމަނާ ފައިސާ ދައްކަންޖެހޭނެއެވެ.
މި ފައިސާ ނުދައްކައިފިނަމަ، ޖެހިގެން އަންނަ އަހަރު ދައުލަތުގެ ބަޖެޓުން އެ ޕާޓީއަކަށް ދޫކުރާ ފައިސާގެ އެހީގެ ތެރެއިން އެ އަދަދު އުނިކުރުމަށް ގަވާއިދު ލާޒިމުކުރެއެވެ. ޕާޓީތަކުން ހުށަހަޅާ ރިޕޯޓުތަކަށް ރިއާޔަތްކޮށް، އެ ރިޕޯޓާ މެދު އޮޑިޓަރ ޖެނެރަލް ދެކޭގޮތް ރިކޮމެންޑޭޝަންތަކާއެކު ރައްޔިތުންގެ މަޖިލީހަށާއި އީސީއަށް ހުށަހަޅަންޖެހެނީ ރިޕޯޓް ލިބޭތާ އެއް މަސް ދުވަހުގެ ތެރޭގައެވެ.

ENG
ESP
BEL
ކިޔުންތެރިންގެ ހިޔާލު