އައްޑޫ ފްލައިންގ ސްކޫލް (ފޮޓޯ: ސޯޝަލް މީޑިއާ)
އައްޑޫ ފްލައިންގ ސްކޫލް (ފޮޓޯ: ސޯޝަލް މީޑިއާ)
އައްޑޫ ފްލައިން ސްކޫލްގައި ޕައިލެޓްކަން ކިޔަވަމުން ދިޔަ 4 ދަރިވަރުން އެ ސްކޫލުން ވަކިކޮށްފިއެވެ.

އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް އިން ހިންގާ އައްޑޫ ފްލައިން ސްކޫލްގައި ހިންގާ ކޯސްތައް މުއްދަތަށް ނުނިމި ލަސްވެ ދަރިވަރުންނަށް މާލީ ބޮޑެތި ގެއްލުންތަކެއް ވަމުންދާ މައްސަލާގައި، މިހާރު ތިބި ދަރިވަރުންގެ ތަމްރީނު ފުރިހަމަ ނުވަނީސް، އިތުރު ދަރިވަރުން ނުނެގުމަށާއި އެހެން ގިނަ ކަންތައްތަކެއް ކުރުމަށް، ފްލައިން ސްކޫލަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ.

މިއަދު އެ އެކަޑަމީގެ ސްޓޫޑެންޓް ޔޫނިއަން އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ، އެ އެކަޑަމީގައި ތަޢުލީމް ޙާސިލްކުރަމުންދިޔަ 4 ދަރިވަރުން އެ ސްކޫލުން ވަކިކޮށްފައިވާ ކަމަށެވެ. އަދި އެ 4 ދަރިވަރުންނަކީ އެ އެކަޑަމީން ދަރިވަރުންނަށް ދެމުންދާ ގެއްލުންތަކުގެ މައްސަލަތައް ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަށް ޕެޓިޝަނުގައި ސޮއިކުރި ދަރިވަރުން ކަމަށްވެސް އެ ޓްވީޓްގައި ވެއެވެ.



މީގެ ކުރިން ފްލައިން ސްކޫލްގައި ހިންގާ ކޯސްތައް އެ ސްކޫލްގެ އިހުމާލުން ލަސްވަމުން ދާތީ ދަރިވަރުން ވަނީ އެކަމުގެ ޝަކުވާ ކޮށްފައެވެ. އެ ގޮތުން 18 މަސް ދުވަހުގެ މުއްދަތަަށް ހިންގާ ކޯހުގެ އެންމެ ކުއްޖަކަށްވެސް އެ މުއްދަތުގެ ތެރޭގައި ކޯސް ފުރިހަމަ ކުރެވިފައި ނުވާކަމަށް އެސްކޫލްގެ ދަރިވަރުން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ސްކޫލްގެ މެނޭޖްމަންޓުން ބުނެފައި ވަނީ ކޮވިޑްގެ ހާލަތު އައުމާއެކު އެ ސްކޫލަށް ގިނަ ހުރަސްތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އެ ކަންކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ސްކޫލުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން