ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ އަދުލުއިންސާފު ޤާއިމު ކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ ހުރިހާ ކޯޓުތަކުގެ އިދާރީ އެންމެ އިސް ފަރާތެވެ. މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، މުވައްޒަފުންނާ މެދު އިދާރީ ފިޔަވަޅު އެޅުމާއި ވަކި ކުރުމުގެ ކަންކަން ބެލެހެއްޓުން ހިމެނެއެވެ. އަދި ކޯޓުތަކުގެ ރަޖިސްޓްރާއިން އައްޔަނުކޮށް ވަކި ކުރުމުގެ ބާރުވެސް މި މަޤާމުގައި ހުންނަ ފަރާތަކަށް ޤާނޫނީ ގޮތުން ލިބިގެންވެއެވެ.
މީގެ އިތުރުން، ޖޭއެސްސީގެ ލަފަޔާއެކު ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުމަކީވެސް މި މަޤާމުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މައިގަނޑު އަމާޒަކީ ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ހިނގަމުންދާ އިދާރީ މައްސަލަތައް ހައްލުކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމެވެ.
ޖޭއެސްސީން ބުނީ، މި މަޤާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 19 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ކަމަށެވެ. މި މަޤާމަށް ކަނޑައެޅިފައިވާ އަސާސީ މުސާރައަކީ 30،000 ރުފިޔާ އެވެ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 27،235 ރުފިޔާ އަދި ފޯނު އެލަވަންސްގެ ގޮތުގައި 2،000 ރުފިޔާ ލިބޭނެއެވެ.

COL
MAR
BEL
ކިޔުންތެރިންގެ ހިޔާލު