ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހުމުގެ އުޞޫލުތަކާ ތަކުރާރުކޮށް ޚިލާފުވެފައިވާ ކަމަށް ބުނެ، އެ މައްސަލަ ތަޙުޤީޤުކޮށްދިނުމަށް އެދި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެއް ކަމަށްވާ "ފެއަރސްކޮޔަރ" އިން އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައި.އޯ.ސީ) އަށް ހުށަހަޅަން ނިންމައިފިއެވެ.
މި ޝަކުވާއަކީ އިންފަންޓީނޯ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޅުގައި ތާއީދުކުރައްވާ ކަމަށް ބުނެ ހުށަހަޅާ މައްސަލައެކެވެ. 2020 ވަނަ އަހަރުން ފެށިގެން އައި.އޯ.ސީގެ މެންބަރެއްގެ ގޮތުގައިވެސް ހުންނެވި އިންފަންޓީނޯ، އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ޓްރަމްޕްގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ ކަމަށާއި، މިއީ ކުޅިވަރުގެ އިސް އޮފިޝަލުން ހިފަހައްޓަންޖެހޭ އަޚުލާޤީ މިންގަނޑުތަކާ ޚިލާފު ކަމެއް ކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ.
މި މައްސަލަ މީގެ ކުރިން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފީފާގެ އެތިކްސް ކޮމިޓީއަށް ވެސް ވަނީ ހުށަހަޅާފައެވެ. އެ ހުށަހެޅުމުގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ފީފާއިން އަލަށް ތަޢާރަފުކުރި "ޕީސް ޕްރައިޒް" ނުވަތަ ޞުލްޙައިގެ އިނާމު، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ގުރުއަތުލުމުގެ ރަސްމިއްޔާތުގައި ޓްރަމްޕަށް އެރުވުމަށް ނިންމި ނިންމުން ހިމެނެއެވެ.
ފެއަރސްކޮޔަރ އިން ބުނާ ގޮތުގައި، މި އަމަލުތަކަކީ ފީފާގެ އަޚުލާޤީ ކޯޑުގެ 15 ވަނަ މާއްދާއާ ޚިލާފު ކަންކަމެވެ. އެ މާއްދާގައިވާ ގޮތުން ކުޅިވަރުގެ އޮފިޝަލުން އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހި ތިބެންޖެހެއެވެ. މި އުޞޫލާ ޚިލާފުވާ ފަރާތްތައް 10،000 ސްވިސް ފްރޭންކަށްވުރެ ކުޑަނޫން އަދަދަކުން ޖޫރިމަނާކުރުމާއެކު، ދެ އަހަރު ދުވަހުގެ މުއްދަތަށް ކުޅިވަރުގެ ހަރަކާތްތަކުން ސަސްޕެންޑް ކުރުމުގެ ފުރުޞަތު އޮވެއެވެ.
މީގެ އިތުރުން، މި އިނާމު ދިނުމަށް ނިންމީ ފީފާ ކައުންސިލްގެ މަޝްވަރާއާއެކުތޯ ނުވަތަ އިންފަންޓީނޯ އަމިއްލަފުޅަށް ނިންމެވި ނިންމެވުމެއްތޯ ބަލައިދިނުމަށްވެސް އެ ޖަމުޢިއްޔާއިން ވަނީ އެދިފައެވެ. އެ ޖަމުޢިއްޔާއިން ބުނި ގޮތުގައި، އެއްވެސް ޤާނޫނީ ބާރެއް ނެތި އިންފަންޓީނޯ އަމިއްލަފުޅަށް މިފަދަ ނިންމުމެއް ނިންމެވިނަމަ، އެއީ މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ބޮޑު އަމަލެކެވެ.
މި މައްސަލައިގައި ޔޫރަޕްގެ ޕާލަމެންޓުގެ 50 މެންބަރަކުވެސް ވަނީ ފީފާގެ އެތިކްސް ކޮމިޓީއަށް ސިޓީއެއް ފޮނުއްވައި، މި ތުހުމަތުތައް ބަލައިދިނުމަށް ގޮވާލައްވާފައެވެ. އަދި ނޯވޭގެ ފުޓްބޯޅަ ފެޑެރޭޝަނުންވެސް ވަނީ މިކަމުގައި މިނިވަން ތަޙުޤީޤެއް ހިންގުމަށް ތާއީދުކޮށްފައެވެ.
މި މައްސަލަ އިތުރަށް ހޫނުވެގެން ދިޔައީ، އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަންއަށް ދީފައިވާ ސަސްޕެންޝަން، ރައީސް ޓްރަމްޕް އެދިވަޑައިގަތުމާ ގުޅިގެން ފީފާއިން އުވާލި ކަމަށް ބުނާ މައްސަލައެއްގައެވެ. ނަމަވެސް އިންފަންޓީނޯ ވަނީ މި ތުހުމަތުތައް ދޮގުކުރައްވައި، އެއީ ފީފާގެ މިނިވަން ޑިސިޕްލިނަރީ މަރުޙަލާގެ ތެރެއިން ނިންމި ނިންމުމެއް ކަމަށް ވިދާޅުވެފައެވެ.
އައި.އޯ.ސީ އަށް ހުށަހަޅާ މި ޝަކުވާއާއެކު، ދުނިޔޭގެ ފުޓްބޯޅަ އިދާރާގެ ހިންގުމުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަންނަމުންދާ ކަމަށް ބުނެ ކުރެވޭ ތުހުމަތުތަކާ ކުރިމަތިލުމަށް އިންފަންޓީނޯއަށް އިތުރު ފިއްތުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.

COL
MAR
BEL
ކިޔުންތެރިންގެ ހިޔާލު