އިލެކްޓްރޯނިކް ވޯޓިން ނުވަތަ އީ-ވޯޓިންގެ ނިޒާމު ރާއްޖޭގައި ގާއިމުކުރުމަށް ޖިސްމާނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
ނަމަވެސް، މިފަދަ ބޮޑު ބަދަލެއް ގެނައުމުގެ ކުރިން މުޖުތަމައު އެކަމަށް އެކަށީގެންވާ ގޮތަކަށް ހޭލުންތެރިކުރުމަކީ މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޝަކީލް ވިދާޅުވީ، އީ-ވޯޓިން ނިޒާމު މަސައްކަތްކުރާ ގޮތާއި، އެ ނިޒާމާ ގުޅޭ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ. އެ ނިޒާމު ތައާރަފު ކުރެވޭނީ ދިގު މުއްދަތަކަށް ކުރެވޭ ހޭލުންތެރިކުރުމުގެ މަސައްކަތްތަކަކަށް ފަހު، ރައްޔިތުން އެކަމަށް ތައްޔާރުކަން ހާމަކުރާ ހިސާބުން ކަމަށް އޭނާ ވިދާޅުވި އެވެ.
އީ-ވޯޓިންއާ ގުޅޭގޮތުން ވޯޓު އޮޅުވާލުމުގެ ތުހުމަތުތަކެއް އިދިކޮޅު ފަރާތްތަކުން ކުރަމުންދާކަން ފާހަގަކުރައްވައި ޝަކީލް ވިދާޅުވީ، މިކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި އެކި ކަހަލަ ޚިޔާލުތައް އެބަހުރި ކަމަށެވެ. އެހެންކަމުން، މި ނިޒާމުގެ ހަގީގީ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީ، ރައްޔިތުންގެ އިތުބާރު ހޯދުމަކީ ނިޒާމު ތައާރަފުކުރުމުގެ ކުރިން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
ގާނޫނީ ގޮތުން އިސްލާހުތައް ގެނެސްގެން އީ-ވޯޓިން ތައާރަފު ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އީސީން އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ މި މައްސަލާގައި ރައްޔިތުން ހޭލުންތެރިކުރުވުމަށް ކަމަށް ޝަކީލް ވިދާޅުވި އެވެ.

BEL
ENG
SUI
ކިޔުންތެރިންގެ ހިޔާލު