ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ (ވ) އާއި ޕޮލިސް ކޮމިޝަނަރ ޙަމީދު (ކ)
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ (ވ) އާއި ޕޮލިސް ކޮމިޝަނަރ ޙަމީދު (ކ)
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން ފަށައިފި އެވެ.

އިދިކޮޅު ކޯލިޝަނުން މީޑިއާތަކަށް ފޮނުވާފައިވާ މެސެޖެއްގައި ވަނީ، އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ޕީޕީއެމްއާ ޕީއެންސީން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.

ޕީޕީއެމް އަދި ޕީއެންސީގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ނުވަ މެންބަރުންނެވެ. މަޖިލީހަށް ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅަން ބޭނުންވަނީ 10 މެންބަރެއްގެ ސޮޔެވެ.

އިދިކޮޅުން އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފަށާފައިމިވަނީ، ސަފާރީ ރޭޕްކޭސްއާއި ގުޅިގެން އިމްރާން ދައުލަތުގެ މީޑިއާގައި ދެއްކެވި ވާހަކަތަކުގެ މައްސަލަ ހޫނުވެ އޭނާގެ އިސްތިޢުފާއަށް ގިނަ ބަޔަކު ގޮވަން ފަށާފައި ވަނިކޮށެވެ. އެ ޕްރޮގްރާމްގައި އިމްރާން ވިދާޅުވީ ސަފާރީގައި ހިނގީ ޢާއްމުން އެއްވާ ޕަބްލިކް ތަނެއްގައި ހިނގާފާނެ ކަމެއް ކަމަށާއި، އަދި އެއީ އެކަން ހިނގުމަށްފަހު ކަމެއް ހިނގިކަންވެސް ނޭންގޭ ޒާތުގެ ކަމެއް ކަމަށެވެ.

އިމްރާން ދެއްކެވި ވާހަކަތައް ދިފާޢު ކުރަށްވައި ފަހުން އިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ އަންހެނަކަށް ޖިންސީ އަނިޔާއެއް ނުވަތަ ފުރައްސާރައެއް ކުރުމަކީ ކުޑަ ކަމެއް ނޫންކަމަށާއި އެއީ ބޮޑުކަމެއްކަމަށެވެ. އަދި އެއީ ކުޑަކަމެއްކަމަށް އޭނާ ވިދާޅުވެފައިވެސް ނޯންނާނެކަމަށް އިމްރާން ވިދާޅުވިއެވެ.

ސަފާރީ ރޭޕްކޭސްއާ ގުޅޭގޮތުން ދެއްކެވި ވާހަކަތައް އިމްރާން އަމިއްލައަށް ނޫސްވެރިންނަށް އޮޅުން ފިލުވައި ދެއްވައި މާނަ ކޮށްދެއްވާން މަސައްކަތް ކުރެއްވި ނަމަވެސް އިމްރާން ވިދާޅުވި ގޮތަށް ވިދާޅުވި ބަސްތައް އަކުރުން އަކުރަށް ނޫހުގައި ލިޔުމުން ވެސް އަދި ތަކުރާރުކޮށް ދެއްކެވި ވާހަކަ އަޑު އެހުމުން ވެސް އިމްރާން މައް ދިވެހިބަހުން ވިދާޅުވާ އެއްޗެއްގެ މާނަވެސް އަދި ވިދާޅުވާ ބަސްތަކެއް ވެސް ތަފާތެއް ނުވެއެވެ. އޮޅުމެއްވެސް ނާރައެވެ. ވިދާޅުވީ ސަފާރީގައި އެހާ ބޮޑު ކަމެއް ނުހިނގާ ކަމަށެވެ. ސަފާރީގައި ހިނގީ އާންމު ތަންތާގައި ވެސް ހިނގާ ފަދަ އާދައިގެން ކަމެއް ކަމަށެވެ.

އިމްރާންގެ ވާހަކަތަކާ ގުޅިގެން ބައެއް ދީނީ ޢިލްމުވެރިން އިމްރާން ދިފާޢުކުރަށްވަމުން ގެންދަވާއިރު ސިޔާސީ ގިނަ ފަރާތްތަކުން ވަނީ އިމްރާންގެ ވާހަކަތައް ކުށްވެރިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން