މަސްވެރިން މަސްވެރިކަމުގައި (ފޮޓޯ: މަސްވެރިން.އެމްވީ)
މަސްވެރިން މަސްވެރިކަމުގައި (ފޮޓޯ: މަސްވެރިން.އެމްވީ)
ހަތިޔާރާއެކު ދިވެހި ގްރޫޕަކުން އަރައި ސ. ހިތަދޫގައި ދުއްވާ ފަސްކުރި ދޯނި ހައިޖެކް ކުރަން މަސައްކަތް ކޮށްފިއެވެ.

އެ ދޯނީގެ ފަޅުވެރިންނާ ޙަވާލާދީ ރާއްޖޭގެ ބައެއް އޮންލައިން މީޑިއާ ތަކުގައި ބުނެފައިވަނީ، އެ ދޯންޏަށް ތޫނު ހަތިޔާރާއެކު ތިރީހަކަށް މީހުން އެރީ ލ.ގަމާއި 11 މޭލު ބޭރުން "ވަޑިނޮޅު" ކައިރީ ދިއްލައިގެން އެންދަމަން އޮއްވައި ރޭ 12:30 ހާއިރު ކަމަށެވެ.

އެދޯންޏަކީ ފަހުން ފައިސާ ދައްކާ ގޮތައް ވިއްކާލާފައިވާ ދޯންޏެއް ކަމަށާއި، ނަމަވެސް ދޯނިގަތް ފައިސާ ނުދައްކައިގެން ދޯނީގެ ވެރިފަރާތަކާއި ދޯނި ގަތް ފަރާތާއި ދެމެދު މައްސަލަ ޖެހިފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ބުނެފައެވެ. އަދި މިމައްސަލަ މީގެ ކުރިން ޝަރީޢަތަށް ވެސް ވަނީ ހުށައަޅާފައެވެ.

އެމީހުން ދޯންޏަށް އަރައި މުޅިދޯނި އެމީހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި، އަދި ލ. ގަމު ބަނދަރަށް ދޯނި ވެއްދުމަށް އެންގިކަމަށް ދޯނިން މަޢުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ. އަދި ދޯނީގައި ތިބި މީހުން ސ. މީދޫ ޕޮލިހަށް، ގުޅައި މި ޚަބަރު ދިން ކަމަށާއި، ދަންވަރު 3 ޖެހިއިރު ލ. ގަމު ބަނދަރަށް ދޯނި ވެއްދި އިރު ފުލުހުން ތިބި ކަމަށް ދޯނީގެ ފަޅުވެރިޔަކު ބުނެފައިވެއެވެ.

22 ފަޅުވެރިންނާއެކު މަސްވެރިކަމަށް ނުކުމެ އުޅުނު ފަސްކުރި ދޯނި ހައިޖެކްކުރި މީހުންގެ ނަން ނޯޓު ކުރުމަށް ފަހު ފުލުހުން އެމީހުން ދޫކޮށްލީ ކަމަށާއި، އަދި ދޯނީގައި ހުރި ހަތިޔާރުތައް ފުލުހުން ގެންގޮސްފައިވާ ކަމަށް ދޯނީގެ ފަޅުވެރިން މަޢުލޫމާތުދީފައިވެއެވެ.

އައްޑޫ ސީޓީ “ފަސްކުރި” ދޯނި ހައިޖެކްކޮށް، ފޭރެން މަސައްކަތްކުރި މައްސަލައިގައި ފުލުހުންގެ ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


15

ޖާބެ

27-Oct-2020

އެންމެފަހުން ގޯސްމިވީ ޖާނާމާލުޤުރުބާންކޮށް އެދޯނި ވުޖޫދަށްގެނައި ފަރާތް. ދޯނިގަތްކަމަށްބުނާ ޖާބިރު ނަމަކަށްކިޔާ ރާއްޖޭގެ މުއްސަނދި މަހުޖަނެއްކަމަށް ދައުވާކުރި ފަރާތަށް އެގްރިމެންޓް ބާތިލްވި އިރުވެސް ދެވުނީ 7 މިލިއަން ރުފިޔާގެތެރެއިން 7 ލައްކަ ރުފިޔާ. 2 އަހަރުވަންދެން ފޯނުން އެކިފަހަރުމަތިން ގުޅާވެސް ޖާބިރުކިޔާ މުއްސަނދިމީހާ ފޯނުނުނެގުމުން ދޯންޏާއި ހަވާލުވެ ދުއްވަމުންދިޔަ ފަރާތަށްވެސް ގުޅަންފެށުމުން އޭނަވެސް ޖާބިރުހެދިހެން ފޯނަށް ޖަވާބުނުދީ ފިލަން މަސައްކަތްކުރީ. ދޯނި ބަލާދިޔައީ ދޯނީގެ ވެރިފަރާތުން ޖާބިރު އަދި ދޯނި ދުއްވަމުންދިޔަ ފަރާތުން އަމަލުކުރިގޮތުން. ރޭގަ އެގޮތަށް ނުގެނެސް ދޯނި ހަވާލުކުރަން އަންނާށޭ ބުނެވޭނީ ދޯނީގެ ވެރިފަރާތާ އެގުޅުން އޮތްނަމަ. މީގެކުރިންވެސް ލ.ގަމުގެ ވިލަރެސްކިޔާދޯންޏެއް ސުލްހަވެރިކަމާއެކު ހަވާލުކުރިއިރު ދޯނީގެ ހުރިހާ ސާމާނުނަގާ ވައިރުކޮޅުވެސް ކޮށާލާފަހުރީ. މިހާރު ދުއްވަމުންދާފަރާތަށް އަދިވެސް އެކަމުން ސަލާމަތް ނުވެވިގެން އުޅެނީ. ދޯންޏަށް އެރީ ހުސްއަތާ ފޭބި މީހުންވެސް ފޭބީ ހުސްއަތާ . ޕޮލިހުންނާ އެދޯނީގަ ބޭނުންކުރާ ތޫނު އެއްޗެހިތައް ހަވާލުކުރިނަމަ ހަވާލުކުރުމަކީ އެބޭފުޅުންގެ މައްސަލައެއް. ދޯނީގެވެރިފަރާތް އެއީ ޖާބިރުނޫންކަން ހާމަކޮށްދިނީތީ ޝުކުރިއްޔާ.


-6

ޢހުރްނ

27-Oct-2020

ގައުމުގައި ކުރިން ނުހިނގާ ބޮޑެތި ކަންކަން މިކުރަނީ ގައުމު ބިރުވެރި ތަނަކަށް ހެދުމުގެ ނިޔަތުގައި ރާވިގެން. މީހަކު ރަހީނުކޮށްފި. އެތައް ރުފިޔާއެއް ރޯމާ ދުވާލު ފޭރެން އުޅެފި. ދޯންޔެއް ހައިޖެކް ކޮށްފި.. ހެޔޮ ވެރިކަން



ޓްރެންޑިން