ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގައި ނުނިމި ގިނަ އަދަދެއްގެ މައްސަލަތައް އެބަހުރި ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކު ވިދާޅުވެއްޖެއެވެ.
ހުސްނީ މިކަން ހާމަކުރަށްވާފައިވަނީ ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ކްރިމިނަލް ކޯޓަށް އަލަށް އައްޔަންކުރި ތިން ގާޟީންނާއި ސިވިލް ކޯޓަށް އަލަށް އައްޔަންކުރި ދެ ގާޟީން ވަނީ ހުވާކުރަށްވާފައެވެ.
ހުސްނީ ވިދާޅުވީ، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނިންމުން ލަސްވާ އެންމެ ބޮޑު އެއް ސަބަބަކީ ފަނޑިޔާރުން މަދުވުން ކަމަށެވެ. އެހެންނަމަވެސް، މިހާރުވެސް ގިނަ ކޯޓުތަކުން ގިނަ މައްސަލަތަކެއް ނިންމައި ނަތީޖާ ހާސިލު ކުރަމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ތަފާސްހިސާބުތަކަށް އަލިއަޅުވާ ލައްވަމުން ހުސްނީ ވިދާޅުވީ، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކަނިވެސް ސިވިލް ކޯޓަށް 1،913 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެއީ އެ ކޯޓުގައި ތިއްބަވާ 17 ފަނޑިޔާރުންގެ ތެރެއިން ކޮންމެ ފަނޑިޔާރަކަށް އެވްރެޖުކޮށް މަހަކު 18 މައްސަލައެވެ. މިވަގުތު އެ ކޯޓުގައި ނުނިމި 3،218 މައްސަލަ އެބައޮތެވެ.
ކްރިމިނަލް ކޯޓުގެ ހާލަތަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 1،098 މައްސަލަ ހުށަހަޅާފައިވެއެވެ. އެއީ އެ ކޯޓުގެ 13 ފަނޑިޔާރުންގެ ތެރެއިން ކޮންމެ ފަނޑިޔާރަކަށް މަހަކު އެވްރެޖުކޮށް 15 މައްސަލައެވެ. ކްރިމިނަލް ކޯޓުގައި މިވަގުތު ނުނިމި ހުރީ 1،626 މައްސަލައެވެ.
ހަމައެއާއެކު ހުސްނީ ވިދާޅުވީ، ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ނުބެލި ދިގުލައިގެންދާނަމަ އަދި އިންސާފު ވެރިކަމާއެކު މައްސަލަތައް ކުރިއަށް ނުގެންދާނަމަ، އާންމުން އެކަންކަން ފާހަގަކުރާނެ ކަމަށެވެ. މީގެ ސަބަބުން މުޅި ޝަރުއީ ދާއިރާގެ މަންޒަރު ކިލަނބުވެގެންދާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.
މީގެއިތުރުން، ރަނގަޅަށް މަސައްކަތް ކުރަށްވާ ފަނޑިޔާރުން ތިއްބެވި ނަމަވެސް، ބައެއް ފަނޑިޔާރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ ކަމުގެ ޝަކުވާ ޖޭއެސްސީއަށް ލިބެމުންދާކަން ހުސްނީ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކޯޓުތަކުގައި ނުނިމި ހުރި ގިނަ ދުވަސްވީ މައްސަލަތައް ނިންމުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އޭނާ ހުރިހާ ފަނޑިޔާރުންގެ ކިބައިން މިއަދު އެދިވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު