އިޒްރޭލުން ޣައްޒާ ހިސާރުކޮށްފައިވާ ކުރުން ނިމުމަކަށް ގެނައުމަށާއި، ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަތިވެރި މަގުސަދުގައި އިނގިރޭސިވިލާތުގެ ބްރިސްޓޯލްއިން ބޯޓެއް ދަތުރު ފަށައިފިއެވެ.
"ކޭޓް" ގެ ނަމުން ނަންދެވިފައިވާ މި ބޯޓަކީ، ފްރީޑަމް ފްލޮޓިއްލާ ކޯލިޝަނުން ކުރިއަށްގެންދާ "ގްލޯބަލް ސުމޫދު ފްލޮޓިއްލާ" ކެމްޕޭނުގެ ދަށުން ޣައްޒާގެ ހިސާރު އުވާލުމަށްޓަކައި ފުރި ބޯޓެކެވެ.
ކެޕްޓަނާއެކު ޖުމްލަ 12 އެކްޓިވިސްޓުުންނާއެކު ދަތުރުކުރާ މި ބޯޓު ބްރިސްޓޯލްގެ ހެނޯވާ ކީ އިން ފުރި ވަގުތު، އެކަމަށް ތާއީދުކުރާ ގިނަ އަދަދެއްގެ އާންމުން އެ ސަރަހައްދަށް އެއްވެ އެކްޓިވިސްޓުންނަށް ހިތްވަރުދީފައިވެއެވެ.
އެކްޓިވިސްޓުންނަށް ހިތްވަރު ދިނުމަށް އެއްވި މީހުންގެ ތެރޭގައި، މެޑިކަލް އެއިޑް ޑޮކްޓަރު ސުވީ އަންގް އާއި، ޣައްޒާއަށް އެހީ ވެއްދުމަށްޓަކައި މިސްރު ސިފައިންގެ ކިބައިން އާދޭސްކުރި ވޭލްސްގެ ނަރުސް ލީ އެވަންސްގެ އިތުރުން ޕްރޮފެސަރު ދާވޫދު މިލާ ހިމެނެއެވެ.
މި ބޯޓުގެ ކެޕްޓަނަކީ އައިރިޝް ފްލޮޓިއްލާ އެކްޓިވިސްޓެއް ކަމަށްވާ ފިއާކް އޯ ބްރޯލްޗެއިންއެވެ. އޭނާއަކީ މީގެ ކުރިން ކުރި ދަތުރެއްގައި އިޒްރޭލުގެ ޓެރަރިސްޓް ސިފައިން ހައްޔަރުކޮށް، ލާއިންސާނީ އަނިޔާތައް ދީފައިވާ މީހެކެވެ.
ފްރީޑަމް ފްލޮޓިއްލާގެ މެންބަރެއް ކަމަށްވާ ފްރެންކް ރޮމާނޯ ހާމަކުރި ގޮތުގައި، 2023 އޮކްޓޫބަރު މަހުގެ ފަހުން އިޒްރޭލުން ވަނީ ޣައްޒާއަށް ދަތުރުކުރި އެހީގެ 75 އަށްވުރެ ގިނަ ބޯޓު ހިފަހައްޓައި، އޭގައި ތިބި މީހުން ހައްޔަރުކޮށްފައެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ޣައްޒާއަށް ދަތުރުކުރާ އެހީގެ އުޅަނދުތައް ހުއްޓުވައި، އެ ތަކެއްޗަށް އިޒްރޭލުން ދަނީ ހަމަލާތައް އަމާޒުކުރަމުންނެވެ.
އެހެންނަމަވެސް، އިޒްރޭލުގެ ނުރައްކާތަކަށާއި ދުއްތުރާތަކަށް ބެލުމެއްނެތި، އަނިޔާ ލިބެމުންދާ ޣައްޒާގެ މައުސޫމް ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި، ޣައްޒާގެ ހިސާރު އުވާލުމަށް ކުރާ މި މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމަށް އެކްޓިވިސްޓުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު