ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ރައްޔިތުންގެ ގޯތިގެދޮރާއި ކައުންސިލްތަކުގެ ބާރުތައް އަތުލުމަށް ހުށަހަޅާފައިވާ އިސްލާހެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު ފަލާހު މިހެން ވިދާޅުވީ، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހައްނާން ހުށަހަޅުއްވާފައިވާ މި ބިލާ ގުޅިގެން ހުށަހެޅި އީ-ޕެޓިޝަންގެ ބަހުސްގައެވެ. މި ބިލަކީ ކައުންސިލްތަކުގެ ބަހެއް ނެތި އަދި ބަދަލެއް ދިނުމަކާ ނުލައި އިހުތިސާސްގައިވާ ބިން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދިނުމަށް ހުށަހެޅި ބިލެކެވެ. އިދިކޮޅު މެންބަރުން މި ބިލަށް ފާޑުވިދާޅުވަމުން ގެންދަވާތީ، އެކަމަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން ދަނީ ބިލުގެ ހަގީގަތް އޮޅުވާލައި، ރައްޔިތުންގެ ހިތްތަކުގައި ކުށްހީތަކާއި ބިރުވެރިކަން އުފެއްދުމަށް ކަމަށެވެ.
ފަލާހު ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ބިމެއް ނެގުމަކީ އަބަދުވެސް ގާނޫނީ އިމުގެ ތެރެއިން އަމަލުކުރަމުން އަންނަ އުސޫލެކެވެ. އަދި އެއީ އެއްވެސް ހާލެއްގައި ރައްޔިތުންގެ އަމިއްލަ ގޯތިގެދޮރު އަތުލުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ރަށްރަށުގައި ހިންގަން ބޭނުންވާ ތަރައްގީގެ މުހިންމު މަޝްރޫއުތައް އެއްވެސް ހުއްޓުމެއް ނެތި، ބާރަށް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، މި އިސްލާހުގައި ބަޔާންކޮށްފައިވަނީ ރަށެއްގެ ތަރައްގީއަށް ސަރުކާރުން ހިންގަން ރާވާފައިވާ މަޝްރޫއަކަށް ކައުންސިލަކުން ގަސްދުގައި ހުރަސްއަޅައި ބިން ނުދީ ހިފަހައްޓައިފި ހާލަތެއްގައި އަމަލުކުރާނެ ގޮތް ކަމަށެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު އެ މަޝްރޫއެއް ހިންގުމަށް އެ ބިމެއް ބޭނުންކުރުމުގެ ފުރުސަތު މި އިސްލާހުން ލިބިގެންދާނެ ކަމަށް އޭނާ ތަފްސީލުކޮށްދެއްވިއެވެ.
މީގެއިތުރުން، ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ އެންމެ މުހިންމު ޒިންމާއަކީ ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދީ، ތަރައްގީގެ ކަންކަން ފުރިހަމަކޮށްދިނުން ކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ އަބަދުވެސް ރައްޔިތުން އިންތިހާބުކޮށްފައިވާ ކައުންސިލްތަކާ ގާތުން ގުޅިގެން، ރަށްރަށުގެ ތަރައްގީގެ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށް ގެންދިއުން ކަމުގެ ޔަގީންކަން މަޖިލީހުގެ މެޖޯރިޓީ ލީޑަރު ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު